ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިތަކުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

ކުންފުނި / ޕާޓްނަރޝިޕް / ކޯޕަރޭޓިވް ސޮސައިޓީ / އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ބެހޭ ދަފްތަރެއް މި އިދާރާގައި ޤާއިމްކުރުމަށް ބޭނުންވާތީ، އެފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ. އެގޮތުން މި ކައުންސިލުން އާންމުކޮށް ހުޅުވާނުލާ ޕްރޮކިއުމަންޓް މަސައްކަތްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/hW3qP5NwpxGT2YtBA

ދަފްތަރުގައި ރަޖިސްތްރީ ވެވޭނެ ފަރާތްތައް: ރަޖިސްޓްރޭޝަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 8/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

  1.  ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.
  2.  ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
  3.  ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
  4.  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

ވީމާ މަކުނުދޫ ކައުންސިލް އިދާރާގެ ވިޔަފާރިވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކުން 07 މާޗް 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ފެބުރުވަރީ 2022
ހޯދާ