ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ރުއްތައް ވަރުވާއަށް ދޫކުރުމާ ގުޅޭ

އިޢުލާން

ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ރުއްތައް ވަރުވާއަށް ދޫކުރުމާ ގުޅޭ

 

މި ކައުންސިލްގެ ބެލުމުގެ ދަށުގައި، ބަނދަރު ސަރަހައްދާއި، ސަންސެޓް ބީޗާއި، އަދި ބޮޑާވައް މައިޒާން ގައި ހުރި ރުއްތައް ދެ ބަޔަށް ބައިކޮށް، ބީލަމުގެ އުސޫލުން، ދެ އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ލިޔެ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން މި ރުއްތައް ލިޔެދެވޭނީ މަސްދުވަހަށް އެންމެ ބޮޑު ވަރުވާއެއް ހުށަހަޅާ ފަރާތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކޮށްފައިވާ ތާރީޙްގެ ކުރިން ކައުންސިލްއަށް ދުރުވެ ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމް އެފަރާތަކާއި ހަވާލު ކުރެވޭނެއެވެ.

ތަފުސީލު

ތާރީޚް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ކުރުން

15 ފެބްރުއަރީ 2022

11:00 ކުރިން

އަގު ހުށަހަޅާ ފޯމު ބަލައިގަތުން

17 ފެބްރުއަރީ 2022

11:00ގައި

އަގު ހުށަހެޅުއްވުން އޮންނާނީ މަތީގައި ބަޔާންކޮއްފައިވާ ތާރީޙްގައި ކުޑަހުވަދޫ މަލްޓީޕަރޕަސް ބިލްޑިންގްގެ މީޓިންރޫމް ގައެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ސިޓީއެއް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި ސިޓީގައި، ބަދަލުގައި ފޮނުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ. މައުލޫމާތު ނުނަންގަވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

07 ފެބުރުވަރީ 2022
ހޯދާ