މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަވަންދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޑޯ ޖިމްގެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ދަރަވަންދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޑޯ ޖިމްގެ އިމާރާތް މަރާމާތު ކުރުމުގެ  މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގަ އެވެ.

މަޢުލޫމާތު ދިނުން

2022 ފެބުރުވަރީ 14 ވާ ހޯމަ ދުވަހުގެ 11:00

އަންދާސީ ހިސާބު ހުށަހެޅުން

2022 ފެބުރުވަރީ 21 ވާ ހޯމަ ދުވަހުގެ 13:00

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.

07 ފެބުރުވަރީ 2022
ހޯދާ