މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާޅެންދޫ ޕްރީސްކޫލްގެ މަސައްކަތު މަޤާމަށް މީހަކު ހޯދުން

އިޢުލާނު

 

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ޕްރީސުކޫލް

މުސާރަ:

ގަޑިއަކު 33.65 ރ

މަސައްކަތު ވަގުތު

ދުވާލަކު 2 ގަޑިއިރު

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ހަތަރު ފަރާތު ބޭރުމަގު ހިމެނޭގޮތަށް ޢިމާރާތާއި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުން
  2. ޓީޗަރުންނަށް ދިމާވާ ކަންތައްތަކުގާ އެހީތެރިކަން ފޯރުކޮށްދިނުން
  3. ޓީޗަރުން ސުކޫލަށް ހާޒިރު ނުވެވޭ ދުވަހަކު ޓީޗަރު އެދިއްޖެ ހިދެއްގައި ކުލާހުގައި އެހީތެރިކަން ފޯރުކޮށްދިނުން
  4. މީގެ އިތުރުންވެސް މަސައްކަތުގެ ދާއިރާއާއިގުޅޭ ގޮތުން ކައުންސިލުން އެދިއްޖެ ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދިނުން

                       

 

މަޤާމުގެ ޝަރުޠުތައް:

ގުރޭޑް 6 ގެ ފެންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފަޒީފާއަށް އެދި ހުށަހަޅާ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ފެބުރުއަރީ 2022 ގެ 13:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާއަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ ،13 ފެބުރުއަރީ 2022 އާއި 17  ފެބުރުއަރީ 2022 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560026 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

07 ފެބުރުވަރީ 2022
ހޯދާ