ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕްޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްސްޑިވްސް) އޮފިޝަލް ފޮޓޯ އަދި ވީޑިއޯ ގްރަފީގެ ޕަރޓްނަރ އެއް ހޯދުމަށް ދެވަނަ ފަހަރަށް ޢިއުލާން ކުރުން

ސްޕްޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްސްޑިވްސް) އޮފިޝަލް ފޮޓޯ އަދި ވީޑިއޯ ގްރަފީގެ ޕަރޓްނަރ އެއްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 23 ޖަނަވަރީ 2022  ވީ އާދީއްތަ ދުވަހު

ގެޒެޓްކުރި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ހޯދުމަށް އެންމެ ފަރާތަކުން ޙާޟިރު ވުމާ ގުޅިގެން އަލުން ސްޕްޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްސްޑިވްސް) އޮފިޝަލް ފޮޓޯ އަދި ވީޑިއޯ ގްރަފީގެ ޕަރޓްނަރ އެއްގެ ގޮތުގައި

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރަމެވެ.

މީވާ މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން 10 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އެސް-އޯ މޯލްޑިވްސްގެ އިދާރާ (ގަލޮޅު ދަނޑު އެކަމަޑޭޝަން ބްލޮކް ގްރައުންޑް ފްލޯ) އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރުމަށްފަހު،

13 ފެބްރުވަރީ 2022 ވާ އާދީއްތަ ދުވަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދެންނެވީމެވެ.

07 ފެބުރުވަރީ 2022
ހޯދާ