ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާ 2021

އަހަރީ އާންމު ޖަލްސާ 2021

އަހަރީ އާންމު ޖަލްސާގެ ނޯޓިސް

މި އެސޯސިއޭޝަންގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 14 ފެބްރުވަރީ 2022 ވާ ހޯމަ ދުވަހުގެ ރޭ 09:00ގައި ޔޫތް ސެންޓަރގެ ސެމިނާ ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

އަހަރީ އާންމު ޖަލްސާގެ އެޖެންޑާ އާއި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ ލިސްޓު ކެރަމް ހޯލުގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ވާނެއެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 10 ފެބްރުވަރީ 2022ގެ ނިޔަލަށް ވަނީ ހުޅުވިފައެވެ. ޝަކުވާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މި އެސޯސިއޭޝަނެްގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected]  އަށް ފޮނުވައިގެންނެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓައި އިއުލާންކުރީމެވެ.

 

 

06 ފެބުރުވަރީ 2022
ހޯދާ