މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާ ޙާފިޡަކު ބޭނުންވެއްޖެ

        1443 ވަނަ އަހަރުގެ ރަމަޟާންމަހު މި ރަށުގެ މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ  ޙާފިޡަކު ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ބޭނުންވާ ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.

       މިގޮތުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމު ފުރިހަމަކޮށް ލިޔުންތަކާއެކު  13 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މި ކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އެގޮތުން ދިވެހި ހާފިޡުން ހުށަހަޅާނީ

  • ދިވެހި ޙާފިޡުން ޙިފްޡްކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް އެދޭފޯމް 1443

އަދި ރާއްޖެއިން ބޭރުގެ ހާފިޡުން ހުށަހަޅާނީ

  • ރާއްޖެއިން ބޭރުގެ ހާފިޡުން ޙިފްޡުކޮށް އިމާމުވެ ތަރާވީޙްނަމާދު ކުރުމަށް ހުއްދައަށް އެދޭފޯމް 1443

 

         އަދި ފޯމް ކައުންސިލްގެ އިދާރާ ކައުންޓަރުންނާއި އަދި މި އިޢުލާނާއި އެކު ގެޒެޓްކުރެވިފައި ހުންނާނެ ވާހަކަ ދަންނަވަމެވެ.

  (އެލަވަންސް):

  • އިމާމުވެ ޙިފްޡްކޮށް ތަރާވީޙް ނަމާދު ކުރައްވާ ދިވެހި ޙާފިޡަކަށް ކޮންމެރެޔަކަށް 500.00ރ (ފަސްސަތޭކަ ރުފިޔާ)
  • އިމާމުވެ ޙިފްޡްކޮށް ތަރާވީޙް ނަމާދު ކުރައްވާ ބޭރު ޙާފިޡަކަށް ކޮންމެ ރެޔަކަށް 200.00ރ (ދުއިސައްތަ ރުފިޔާ)

މީގެ އިތުރުން މި ކައުންސިލުން ރަށުން ބޭރުން އަންނަ ދިވެހި އަދި ބޭރުގެ ހާފިޒުންނަށް ހުރުމާއި ކެއުން ލިބޭނެއެވެ.

އަދި ރާއްޖެއިން ބޭރުންއަންނަ ބޭރުގެ ހާފިޡަކަށް ދެކޮޅު ޓިކެޓް އަދި ވިސާ ހަމަޖައްސަވައި ދެވޭނެއެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

06 ފެބުރުވަރީ 2022
ހޯދާ