ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުއްޔަށް ދޫކުރާ ޕިކަޕް ބޭނުން ވެއްޖެ.

 

 އިޢްލާން

 

ކުއްޔަށް ދޫކުރާ ޕިކަޕް ބޭނުން ވެއްޖެ.    

        މިއިދާރާއިން ކުރަމުން ގެންދާ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ގެންގުޅޭ މިއިދާރާގެ ޕިކަޕް ބޭނުންނުކުރެވޭ ޙާލަތްތަކުގައި، ގޭގެއިން ކުނި ނެގުމަށްޓަކައި ޕިކަޕް ކުއްޔަށް ހިފުމަށް ބޭނުންވެގެން މިއިދާރާއިން ކުރި ނަމްބަރު: (IUL)328-RM/INDIV/2022/01 (02 ޖެނުއަރީ 2022) އިޢްލާނާއި ގުޅިގެން، އެއްވެސް ފަރާތަކުން އަންދާޒީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެއިޢްލާން ބާޠިލްކޮށްފީމެވެ. ވީމާ، މިއިދާރާއަށް ޕިކަޕް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފީމެވެ. މިމަސައްކަތުގައި ރަށު ޕިކަޕް އަދި ޕިކަޕަށްވެސް އަގު ހުށަހެޅިދާނެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 11:00ގައި މިއިދާރާއަށް ޕްރީބިޑް މީޓިންގގައި ބައިވެރިވެލެއްވުމަށްފަހު، 17 ފެބްރުއަރީ 2022ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިއިދާރާއަށް ވަޑައިގެން އަންދާޒީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީ ބިޑް މީޓިންގއަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާފަރާތްތަކުން، އެފަރާތެއްގެ މަޢްލޫމާތު އެނގޭނޭ ލިޔުމާއި، ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ ފޮނުވަން ވާނެއެވެ. ޕްރީ ބިޑްގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާޒީ ހިސާބު ހުށައެއް ނޭޅޭނެއެވެ.       

 

         މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

         04 ރަޖަބު 1443

        06 ފެބްރުއަރީ 2022

 

06 ފެބުރުވަރީ 2022
ހޯދާ