ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ކުނިކެހުމާއި ގުޅޭ

އިޖުތިމާޢީ ސަރަހައްދު ކުނިކެހުމާއި ގުޅޭ

   ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ތަކަންދޫ އިޖްތިމާއީ ސަރަހައްދު ކުނިކަހާ ސާފުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 13 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހު 13:00 އަށް މިއިދާރާއަށް ހާޒިރުވެ ސިޓީ މެދުވެރިކޮށް އަގު ހުށައެޅުއްވުން އެދެމެވެ. އަގު ހުށައަޅުއްވާއިރު ކުންފުނި (ވިޔަފާރި/ ޕާރޓްނާރޝިޕް /ލޯކަލް އިންވެސްޓްމެންޓް) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ހުށައެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ. އަދި ސިޓީއާއިއެކު (ވިޔަފާރި/ ޕާރޓްނާރޝިޕް /ލޯކަލް އިންވެސްޓްމެންޓް) ގެ ރެޖިސްޓްރީ ކޮޕީއާއި ޖީއެސްޓީ ސެޓްފިކެޓް ކޮޕީވެސް ހުށަހަޅަން ވާނެއެވެ. އަގުހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ކަމުގައި ދަންނަވަމެވެ. މިކަމާގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މި ކައުންސިލްގެ ނަންބަރު 6500034 ފޯނާ ގުޅުއްވައިގެން ނުވަތަ މި ކައުންސިލަށް ރަސްމީގަޑިގައި ހާޟިރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

06 ފެބުރުވަރީ 2022
ހޯދާ