މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރަށް ވަޅުފެން ފޯރުކޮށްދޭ ނިޒާމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ބަނދަރަށް ވަޅުފެން ފޯރުކޮށްދޭ ނިޒާމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ރ. ވާދޫ ބަނދަރަށް ވަޅުފެން ފޯރުކޮށްދޭ ނިޒާމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިއިދާރާގެ ނަންބަރު (IUL)299/299/2022/10 (25 ޖަނަވަރީ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓަރީކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 2022 ފެބުރުއަރީ 07 ވަނަ ދުވަހުން ފެށިގެން 2022 ފެބްރުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު  10:00 އިން 12:00 އަށް) ނަންނޯޓު ކުރުމަށް ދަންނަވަމެވެ. ނަންނޯޓުކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

 މި މަސައްކަތާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2022 ފެބްރުއަރީ 16 ވާ ބުދަ ދުވަހުގެ މެންދުރުފަހު 01:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަދި 2022 ފެބްރުއަރީ 28 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2022 ފެބްރުއަރީ 28 ވާ ހޯމަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ.

 

އަދި ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އެއީ ކޮން ކަމަކަށް ހުށަހަޅާ ބިޑެއް ކަމާއި، ބިޑު ކަނޑަން ހަމަޖެހިފައިވާ ގަޑިއާއި، ބިޑް ހުށަހެޅި ފަރާތުގެ ނަން އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުން ފެންނަގޮތަށް ލިޔެފައި އޮންނަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވަންވާނީ، ނަންނޯޓުކޮށްފައިވާ ފަރާތުގެ ނަމުގައެވެ.

 

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 2022 ފެބްރުއަރީ 16 ވާ ބުދަ ދުވަހުގެ މެންދުރުފަހު 01:00ގެ ނިޔަލަށް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

‏05‏ ރަޖަބް‏ 1443

06 ފެބުރުވަރީ 2022
ހޯދާ