އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
އައްޑުައަތޮޅު ހިތަދޫ މެޖިސްޓްރޭޓުގެ ވޮޗަރ ގެ މަޤާމަތް މީހަކު ހޯދުމަށް ކުރެވޭ އިޢްލާން

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: S2C-A/2022/1

ތާރީޚް: 02 ފެބުރުވަރީ  2022

މަޤާމް:

 ވޮޗަރ  (ދާއިމީ)

ބޭނުންވާ ޢަދަދު:

1

ރޭންކް:

  އެސްއެސް1

އަސާސީ މުސާރަ:

  -/ 3,100ރުފިޔާ 

އެލަވަންސްތަކާއި ޢިނާޔަތްތައް:

 

  • ސަރވިސް އެލަވަންސް: -/1000 ރުފިޔާ
  • ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ
  • ލިވިންގ އެލަވަންސް: 2,550/- ރުފިޔާ
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
  • ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއިއެކު، އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެގުން

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:

  1. ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން

 

ހުށަހަޅަންޖެހޭ ތަކެތި:

  • ޝަރްޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔަތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް.
  • އަދާކޮށްފައިވާ އަދި ކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކުލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނޭލިޔުމުގެ ކޮޕީ.

ސުންގަޑި:

  • 20 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރަކީ: 6880008
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  • މިއިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެއްޓުގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: %30
  • މަސައްކަތުގެ ތަޖްރިބާ: %35
  • އިންޓަރވިއު (ލިބިފައިވާ ހުނަރާއި، ސިފަތައް) : 35%

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ފަރިތަކަމާއެކު ދިވެހިބަހުން މުޢާމަލާތްކުރަން އެގުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ، ޝަރުޢީދާއިރާއިން ހެދިފައި ހުންނަ ޤަވާޢިދުތަކާއި، އުޞޫލުތަކަށް އަހުލުވެރި ފަރާތަކަށްވުން.  
  • ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

 

     

 

02 ފެބުރުވަރީ 2022
ހޯދާ