އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ދުއްވާ އުޅަނދުފަހަރާ ބެހޭ:

އެނގިވަޑައިގަންނަވާނޭފަދައިން އެއްގަމު ދުއްވާ އުޅަނދު ފަހަރަކީ ވަކި ހުއްދަތަކެއް ލިބިގެން ދުއްވާ އަދި ބޭނުންކުރެވޭ އުޅަނދުފަހަރެވެ. މިގޮތުން ރަށު ޕިކަޕް، ބެޓެރި ބައިސްކަލް، ބެޓެރި ކާރު، ޓްރިސައިކަލް އަދި އިންޖީނުއެޅި އެއްގަމު އުޅަނދުފަހަރު ފަދަ ވެހިކަލްތަކަކީވެސް ރަޖިސްޓްރީ ކުރެވި އަދި ކައުންސިލްގައި ޤާއިމްކުރެވިފައިވާ ދަފްތަރުގައި ޖެއްސިފައިވާ އުޅަނދުފަހަރަށް ވާންޖެހެއެވެ. މީގެ އިތުރުން އުޅަނދުގެ ކުރިމަތިންނާއި ފަހަތުން ރަޖިސްޓްރީ ބޯޑް ފެންނަން ހުންނަން ޖެހެއެވެ. އަދި މިފަދަ ތަކެތި ދުއްވޭނީ އެކަމަށް ކަނޑައެޅިފައިވާ ހުއްދަ ނަގާފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މިފަދަ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރަށުން ނެގޭނެ އިންތިޒާމް މިކައުންސިލުން ވަނީ ރައްޔިތުންގެ ފަސޭހައަށްޓަކައި ޤާއިމްކުރެވިފައެވެ.

ނަމަވެސް މިދެންނެވިފަދަ، ރަޖިސްޓްރީ ބޯޑް ނެތް އުޅަނދުފަހަރު ދުއްވުމާއި، ލައިސަންސް ނެތް ފަރާތްތަކަށް އުޅަނދު ދޫކުރުމާއި، ލައިސަންސް ނެތްފަރާތްތަކުން އުޅަނދުފަހަރު ދުއްވަމުންދާކަމާއި، 2 މީހުންނަށްވުރެ އިތުރަށް ސައިލަށް މީހުންނާއި ކުދިން އަރުވާގެން ދުއްވުމާއި އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިން ސައިކަލް ފަދަ އެއްގަމު އުޅަނދު ދުއްވާކަން ވަނީ ވަރަށްބޮޑަށް ފާހަގަކުރެވިފައެވެ.

އަދި ދަންނަވަމެވެ. ބުރެކި ނެތް ބައިސްކަލާއި ހަލާކުވެފައިވާ ބައިސްކަލްތައް ދުއްވުމީ އޭގެ ސަބަބުން ނުހަނު ބޮޑު ހިތާމައެއް ކުރިމަތިވެދާނެ ކަންކަމެވެ. އަދި ތުއްތުކުދިން، އުމުރާ ނުގުޅޭ ބޮޑެތި ބައިސްކަލް ދުއްވުމާއި، ރޭގަނޑު ބައްތި ނެތި ދުއްވުންފަދަ ކަންކަން ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

ވީމާ މިދެންނެވިފަދަ ކަންކަން މަނާކުރެވެގެންދަނީ އޭގެސަބަބުން ލިބިދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށްޓަކައި ކަމަށްވާތީ، މިފަދަ އެންމެހައި ކަންކަން ތަކުރާރު ނުކުރުމަށް މިކައުންސިލުން އިލްތިމާސްކުރަމެވެ.

   ވީމާ މިކަން އެންގުމަށްޓަކައި އާންމުކޮށް އިއުލާންކުރީމެވެ.

02 ފެބުރުވަރީ 2022
ހޯދާ