މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭވަށު ކައުންސިލް އިދާރާގެ އެއަރކޯންތައް މަރާމާތުކުރާނެ ފަރާތެއް ހޯދުން

އިޢުލާން

ކައުންސިލް އިދާރާގެ އެއަރކޯންތައް މަރާމާތުކުރާނެ ފަރާތެއް ހޯދުން

މި ކައުންސިލް އިދާރާގެ ބައެއް އެއަރކޯންތަށް މަރާމާތުކޮށް ސާކޮށް އެއް އެއަރކޯން ހުރިތަނުން އެހެންތަނަކަށް ބަދަލުކުރުމަށް ބޭނުން ވެއެވެ.

 ވުމާއިއެކު ދެންނެވިގޮތަށް ވޭވަށު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން މަސައްކަތުގެ މައުލޫމާތުގައި ވާގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

01  ފެބުރުއަރީ 2022 އިން  08 ފެބުރުއަރީ 2022 އަށް  (ރަސްމީގަޑީގައި)

8:30 އިން 13:00 އަށް

އަންދާސީ ހިސާބު ބަލައިގަތުން

10 ފެބުރުއަރީ 2022

ބުރާސްފަތި

13:00

 

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ނަމްބަރ 6720035  ފޯނާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުއެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ. އަދި ހުށަހެޅޭ އަންދާސި ހިސާބުތަށް 2022 ވަނަ އަހަރުގެ ވޭވަށު ކައުންސިލްގެ ބަޖެޓްގައި މިމަސައްކަތަށް ކަނޑައަޅާފައިވާ ޖުމްލަ ޢަދަދަށްވުރެ ބޮޑުވެއްޖެނަމަ އެއަންދާސީ ހިސާބެއް ހުށަހެޅި ފަރާތަކަށް މަސައްކަތް ހަވާލެއް ނުކުރެވޭނެއެވެ. މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިއިޢުލާނާއި އެކު މަސައްކަތުގެ ޕްލޭން އާއި ޕޮއިންޓް ދެވޭނެ އުސޫލު ހިމެނިފައި އެވަނީއެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

  1. ހުށަހެޅޭ އެންމެ ދަށް އަގަށް %70 (އަގުހުށަހެޅިފައިވާ ތަރުތީބުން ޕޮއިންޓްދިނުން)
  2. މަސައްކަތުގެ ތަޖުރިބާއަށް (ކޮށްފައިވާ މަސައްކަތްތަކުގެ އެންމެ ގިނަ ކަންތައްތައް ހުށަހަޅާ ފަރާތަކަށް އެންމެގިނަޕޮއިންޓްދިނުން)
  3. މަސައްކަތް ނިންމާނެ މުއްދަތު %20 (އެންމެ އަވަހަށް މަސައްކަތް ނިންމުމަސް ހުށަހަލާފައިވާ މުއްދަތަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް ހުށައަލާފައިވާ ތަރުތީބުން ޕޮއިންޓްދިނުން)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތިން އެއަރކޯން ސާފުކޮށް ގޭސް އަޅަންޖެހޭ އެއަރކޯނެއް ހުރިނަމަ ކައުންސިލްގެ ލަފާގެމަތީން ގޭސްއެޅުން
  2. އެކެއް އެއަރކޯން ހުރިތަނުން އެހެންތަނަކަށް ބަދަލުކުރުން
  3. އެކެއް އެއަރކޯން އައުޓްޑޯ ޔުނިޓް ފޭން ސްޓޭންޑް ހެދުން

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

01 ފެބުރުވަރީ 2022
ހޯދާ