ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލީޑް އެގްޒޭމިނަރ ( ކޮންޓްރެކްޓް ) ހޯދުމާބެހޭ

ވަޒީފާގެ ފުރުޞަތު (ލީޑް އެގްޒެމިނަރ)

މަޤާމް

ލީޑް އެގްޒޭމިނަރ ( ކޮންޓްރެކްޓް ) 1 އަހަރު

ބޭނުންވާ ޢަދަދު

އެސް.އެސް.ސީ/އެޗްއެސްސީ             

 ދިވެހި    1

 އިސްލާމް   1

ޢުޖޫރަ:

އެލަވަންސް:

12,500.00 ރުފިޔާ (ބާރަހާސް ފައްސަތޭކަ)

12,500.00 ރުފިޔާ (ބާރަހާސް ފައްސަތޭކަ)

މުއްދަތު:

މަސައްކަތް ފެށޭތާރީޚުން ފެށިގެން މީލާދީ 1 އަހަރު

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ލިބިފައިވުމާއެކު ޤައުމީ އިމްތިޙާނަށް ދަރިވަރުން ތައްޔާރުވުމުގެ ގޮތުން ބާއްވާ އިމްތިޙާންތަކުގެ ސުވާލުކަރުދާސް ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މިޑިޕާޓްމަންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ މާކިންގ މަސައްކަތް މަދުވެގެން 3 އަހަރު ދުވަހު ކޮށްފައިވުން ނުވަތަ މި ޑިޕާޓްމެންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ ޕޭޕަރު ސެޓްކުރުމުގެ މަސައްކަތް ކުރިން ކޮށްފައިވުން.

 

2. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން

 

މަޤާމުގެ މަސްއޫލިއްޔަތު:

 

  • ރާއްޖޭގައި ބާއްވާ ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުގެ ދިވެހި / އިސްލާމް ސުވާލު ކަރުދާސްތައް ތައްޔާރުކުރުމަށް ބޭނުންވާ ސުވާލު ބޭންކް ތައްޔާރުކުރުމުގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާ މަޝްވަރާކޮށް މި މަސައްކަތް ޢަމަލީ ގޮތުން ކުރުން.
  • ރާއްޖޭގައި ބާއްވާ ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުގެ ދިވެހި/އިސްލާމް ސުވާލު ކަރުދާހަށް ބޭނުންވާ ސުވާލާއި އެ ސުވާލުގެ ޖަވާބުތައް އެކުލަވާލުން 
  • ފާއިތުވެދިޔަ އަހަރުތަކުގައި ބޭއްވުނު ސާނަވީ އަދި މަތީސާނަވީ ދިވެހި/އިސްލާމް އިމްތިޙާނުތަކުގެ ލިޔެކިޔުންތައް ދިރާސާކޮށް (އިމްތިޙާނު ކަރުދާސްތައް، މާކިންގ ސްކީމްތައް، ފޮތްތައް އަދި ސިލަބަސް) ދިމާވެފައިވާ މައިގަނޑު މައްސަލަތައް ދެނެގަނެ، ރިޕޯރޓު ހުށަހެޅުން.
  • ޓޭބަލް އޮފް ސްޕެސިފިކޭޝަން ތައްޔާރުކުރުން
  • ރާއްޖޭގައި ބާއްވާ ސާނަވީ އަދި މަތީ ސާނަވީ ނިންމާ އިމްތިޙާނުގެ ދިވެހި/އިސްލާމް ގެ ސުވާލު ކަރުދާސް އަދި މާކިންގ ސުކީމް ތައްޔާރު ކުރުން.
  • ރާއްޖޭގައި ބާއްވާ ސާނަވީ އަދި މަތީ ސާނަވީ ނިންމާ އިމްތިހާނުގެ ދިވެހި/އިސްލާމް މާއްދާގެ ޕްރޫފް ރީޑް ކުރުމުގައި ބައިވެރިވުން.
  • އެގްޒެމިނާސް ރިޕޯޓު ތައްޔާރުކުރުން.
  • ސިލަބަސް ޔުނިޓާއި ގުޅިގެން އިމްތިޙާނާގުޅޭ މަސައްކަތްތައް ކުރުން.
  • ރަސްމީގަޑީގެ އިތުރުން ނުރަސްމީގަޑީގައިވެސް މަސައްކަތްކުރުން.
  • މަސައްކަތް ކުރާނީ މި ޑިޕާޓްމަންޓުން ކަނޑައަޅާ ތަނެއްގައެވެ.

 

 

ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން

         ލީޑް އެގްޒެމިނަރގެ މަޤާމަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ އަމަލީ ތަޖްރިބާއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، ޝަރުތު ހަމަވާ ފަރާތްތަކާއި އިންޓަރވިއުކޮށްގެންނެވެ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.  

 

އިންޓަރވިއު ކުރުން:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިންޓަވިޔުއޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސް ތެރޭގައި އެންގޭނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ލީޑް އެގްޒެމިނަރ މަޤާމަށް ޝަޢުޤުވެރިވާ ކަމުގެ ސިޓީ
  2. ވަނަވަރު
  3. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް
  6. ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ

 

 ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ސިޓީތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

       މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ހ.އަސްރަފީވިލާ  (މަޖީދީ މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް. އީމެއިލް : [email protected]

 ތަކެތި ހުށަހެޅުމުގެ ސުންގަޑި އަކީ 2022 ފެބްރުއަރީ 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

29 ޖުމާދަލްއައްވަލް  1443

01 ފެބްރުއަރީ     2022

01 ފެބުރުވަރީ 2022
ހޯދާ