ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓީ 10 ކްލަބް ކްރިކެޓް މުބާރާތް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކުރާ ޓީ 10 ކްރިކެޓް މުބާރާތް، 18 ފެބްރުއަރީ 2022 ވާ ހުކުރު ދުވަހުން ފެށިގެން 18 މާރޗް 2022 ވާ ހުކުރު ދުވަހާއި ހަމައަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ މިބޯޑުގައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކުން ބައިވެރިވާން ބޭނުންވާ ކްލަބްތައް 8 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް އަކުން ނުވަތަ ސިޓީއަކުން މި ބޯރޑަށް ހުށައަޅާ، އަދި 12 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހުގެ 13:00ގެ ކުރިން ޓީމް ލިސްޓް މިބޯޑަށް ހުށައެޅުން އެދެމެވެ.

 

ޓީމް ލިސްޓް ހުށައަޅާއިރު ތިރީގައިވާ މައުލޫމާތުތައް އެކުލަވާލަންވާނެއެވެ.

  1. ސްޓޭމްޕް ޖައްސަވައި ސޮއި ކުރެއްވުން.
  2. ޓީމް ލިސްޓްގައި ( ކުޅުންތެރިންގެ ފުރިހަމަ ނަން، އުފަން ތާރީޙު އަދި ޕާސްޕޯޓް ނަންބަރު / އައިޑީ ކާރޑް ނަންބަރު / ވޯކް ޕާމިޓް ނަންބަރު ޖެހުން )
  3. ޓީމުގެ ކެޕްޓަން އަދި މެނޭޖަރު ވަކިން އެނގޭނޭ ގޮތަށް ޓީމްލިސްޓްގައި ފާހަގަ ކުރެއްވުން.

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ. 

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

[email protected]

01 ފެބުރުވަރީ 2022
ހޯދާ