ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘަކު ހޯދުން

1443ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘަކު ހޯދުން

  1443 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުއްފިރުދައުސް ގައި އިމާމްވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘަކު މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12.00ގެ ކުރިން ސިޓީއާއިއެކު މިމަސައްކަތް ކޮށްދެއްވިދާނެ އަގު ( ކޯޓޭޝަން ) މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށްވެސް ލިޔުން ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ. މެއިލްކުރައްވާނީ  [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520034 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ. ތިރީގައިވާ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.

1.     ހާފިޘުންގެ ދެކޮޅު ޓިކެޓް ( ރާއްޖެއިން ބޭރުން ގެނައުމާއި،އެބުރި ޤައުމަށް ފޮނުވުމުގެ ޢަދަދު)

2.     މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދުއާއި އަދި ރަށަށް ފޮނުވުމާއި އެބުރި މާލެ ދިއުމުގެ ޚަރަދު

3.     ވިސާ ދެއްކުމާއި އިންޝުއަރެންސް ފީ ދެއްކުމުގެ ޚަރަދު އަދި ދަޢުލަތުގެ އެހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރުން

4.     ހުށަހަޅާ ފަރާތުގެ ނަން ، ގުޅޭނެ ނަމްބަރު، އައިޑީކާޑު ކޮޕީ، ( ކުންފުންޏެއްނަމަ ރަޖިސްޓްރީ ކޮޕީ)

5.     ތަޖުރިބާ ލިޔުން އޮތްނަމަ އެފަދަ ލިޔުމުގެ ކޮޕީ

       ނޯޓް: ހާފިޘުން ގެނައުމުގައި ދިވެހި ހާފިޘުން ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ފެބުރުވަރީ 2022
ހޯދާ