ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހަތަރުކުލާސްރޫމް ގައި ތަށިމުށި ޖެހުމާއި ގުޅޭ

ށ. އަތޮޅު ތަޢުލީމީ މަރުކަޒު

   ށ. ކޮމަންޑޫ

އިޢުލާން ނަންބަރ: 01 GS09/2022/

                           

                         ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

·        މިމަރުކަޒުގެ 4 ކުލާސްރޫމްއާއި 4 ކުލާސް ހިމެނޭ ބައިގެ ކޮރިޑޯގައި ތަށިމުށި ޖެހުމަށް ބޭނުންވެއެވެ.

·        މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 02 ފެބުރުއަރީ 2022 ން 09 ފެބުރުއަރީ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް

ނަންނޯޓް ކުރެއްވުން އެދެމެވެ.

 

·        މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ފެބުރުއަރީ 2022 ވަނަދުވަހުގެ 11:00 ގެ ކުރިން މިމަރުކަޒަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

·        މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 10 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮންނާނެއެވެ.

 

·        ބިޑް ހުޅުވުން އޮންނާނީ 13 ފެބުރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 

·        ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ

ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

·        އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު،

ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

 

·        މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ށ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެންހުންނާނެއެވެ.

 

·        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

·        ށ. އަތޮޅު ތަޢުލީމީ މަރުކަޒު

·        ފޯން:6540062

އީ-މެއިލް:[email protected]   

             

 

                              

ށ. އަތޮޅު ތަޢުލީމީ މަރުކަޒު

   ށ. ކޮމަންޑޫ

   ދިވެހިރާއްޖެ.

 

01 ފެބުރުވަރީ 2022
ހޯދާ