ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާނު

މަޤާމު:

ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-347869

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: 700.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސް ކޮންފަރެންސް އިންތިޒާމްކުރުމާއި މީޑިއާތަކަށް ހިއްސާކުރަންޖެހޭ މަޢުލޫމާތުތައް ތައްޔާރުކުރުން.
  2. އޮތޯރިޓީން ހިންގާ މުހިންމު ހަރަކާތްތަކުގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި ޙިއްސާކުރުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
  3. އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާތަކުން ބޭނުންވާ މަޢުލޫމާތު ދިނުމަށާއި ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުންހެދޭ ގަވައިދުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ޓީވީ އަދި ރޭޑިޔޯ ޕްރޮގްރާމް ތަކުގައި ބައިވެރިވުން.
  4. ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް މާލެ އާއި އަތޮޅު ތެރޭގައި ހިންގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
  5. އޮތޯރިޓީގެ ވެބްސައިޓް، ފޭސްބުކް ޕޭޖް، އިންސްޓަގްރާމް އަދި ޓްވިޓަރ އެކައުންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކަށް އާންމުން ހޭލުންތެރިކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ރިޕޯޓްތައް ތައްޔާރުކުރުން.
  7. އޮތޯރިޓީގެ މަސައްކަތްތަކާ ގުޅިގެން އެހެނިހެން މުއައްސަސާތަކުން އެދޭ މަޢުލޫމާތު ފޯރުކޮށްދިނުން.
  8. މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  9. ސެކްޝަންގެ މަސައްކަތްތަކާ ގުޅިގެން ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމްކުރުމާއި އެބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކުރުން.
  10. ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމުގެގޮތުން އޮތޯރިޓީން ތައްޔާރުކޮށްފައިވާ "ހަރަހެރި" ޕޯޓަލްގެ ތެރެއިން ޙަވާލުކުރެވޭ އަތޮޅުގެ ދަފްތަރާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮއްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ޖާނަލިޒަމް
  2. މާކެޓިންގ
  3. މީޑިއާ
  4. ޕަބްލިކް ރިލޭޝަންސް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. ޖާނަލިޒަމް
  2. މާކެޓިންގ
  3. މީޑިއާ
  4. ޕަބްލިކް ރިލޭޝަންސް

ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ޕަބްލިކް ރިލޭޝަންސް

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-131764

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

މުސާރަ:

4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: 700.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދުވަހު ޔައުމިއްޔާއާއި، އިންސްޕެކްޝަން އަދި އިންވެސްޓިގޭޝަން މައްސަލަތަކާ ގުޅިގެން އޮތޯރިޓީން ކުރިއަށްގެންދާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.
  2. އޮތޯރިޓީއަށް ލިބޭ ލިޔުންތައް ބަލައިގަނެ އެންޓްރީކޮށް، ކަމާބެހޭ ސެކްޝަންތަކަށް ޙަވާލުކުރުން.
  3. އޮފީހަށް ގެނެވޭ މުދަލާއި ތަކެތި ބަލައިގަނެ، ސިސްޓަމްތެރެއިން ކުރަންޖެހޭ މަސައްކަތްތައްކޮށް، އޮތޯރިޓީގެ ސްޓޮކް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ކުށުގެ ރެކޯޑް ސާފު ކުރާ ފޯމް ބަލައިގަނެ، އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. އޮތޯރިޓީގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމުގައި އެހީތެރިވެދިނުން.
  6. އޮތޯރިޓީގެ މެއިން ލައިނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުން.
  7. އޮތޯރިޓީގެ ފައިލިންގ ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ސެކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އެސް.އޯ.ޕީތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
  9. ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމުގެގޮތުން އޮތޯރިޓީން ތައްޔާރުކޮށްފައިވާ "ހަރަހެރި" ޕޯޓަލްގެ ތެރެއިން ޙަވާލުކުރެވޭ އަތޮޅުގެ ދަފްތަރާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  10. ހަވާލުވެގެން ކުރެވޭ މަސައްކަތްތަކާގުޅޭ އެންމެހާ ލިޔުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

2. ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު

 (މިފޯމު މިއޮތޯރިޓީގެ ވެބްސައިޓުން (https://lra.gov.mv/dv/download/)، އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (http://www.csc.gov.mv/download/2538) އަދި މިއޮތޯރިޓީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ   މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛   ނުވަތަ، ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް   ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ   ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ (ވަޒީފާގެ މުއްދަތާއި އަހަރާއި މަހާއި   ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ   އަދާކޮށްފައިވީނަމަވެސް، ވަކިވަކިން ބަޔާންކޮށް) އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް   ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން، އަދާކޮށްފައިވާ ވަޒީފާ (ވަޒީފާގެ މުއްދަތާއި އަހަރާއި މަހާއި   ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ   އަދާކޮށްފައިވީނަމަވެސް، ވަކިވަކިން ބަޔާންކޮށް) އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ   (ވަޒީފާ އަދާކުރި މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް   އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް، ވަކިވަކިން ބަޔާންކޮށްފައިވާ) އަދި   މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ   ވަޒީފާ (ވަޒީފާ އަދާކުރި މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް   (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ވަކިވަކިން ބަޔާންކޮށް) އެތަނަކުން   ދޫކޮށްފައިވާ ލިޔުން. (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން   ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ   ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ) ދައުލަތުގެ އުވާލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ   އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި   މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ (ވަޒީފާގެ މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،   އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް   ވަކިވަކިން ބަޔާންކޮށް) އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ   ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. އަސާސީ ޝަރުޠު ހަމަވުން
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
  3. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
  4. އެސެސްމަންޓް (އިމްތިހާން ނުވަތަ ފްރެކްޓިކަލް)
  5. އިންޓަރވިއު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 10 ފެބުރުވަރީ 2022 ގެ 13:30 ގެ ކުރިން، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށެވެ. ނުވަތަ އެ ލިޔުންތައް ފޮނުވާނީ، (އީ-މެއިލް: [email protected]) އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިމްތިޙާން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމުތަކަށް މީހުން ހޮވުމަށް ދެވޭ އިމްތިޙާން އޮންނާނީ 16 ނުވަތަ 17 ފެބުރުވަރީ 2022 މި ދެދުވަހުންކުރެ ދުވަހެއްގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި ނުވަތަ އޮންލައިންކޮށެވެ. އިންޓަރވިއު އޮންނާނީ 21 ނުވަތަ 22 ފެބުރުވަރީ 2022 ގައި، ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ. އިމްތިޙާން އަދި އިންޓަރވިއު ކުރިޔަށް ގެންދާނެގޮތް 48 ގަޑިއިރު ކުރިން އެންގޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3339122/7208282) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

01 ފެބުރުވަރީ 2022
ހޯދާ