މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުގެ ބެލުމުގެ ދަށުން ހިނގަމުންދާ އިންޖީނުގޭގައި ހުރި ވޯލްވޯ 670 ކޭވީއޭ މޮޑެލް ނަމބަރ G3TWD1643 ސީރިއަލް ނަމްބަރ: 2016096657 ވޯލްވޯ ޖަނަރޭޓަރ މޭޖަރ އޯވަހޯލް ކުރުމާ ޑައިނަމޯ ސާވިސް ކުރުމާއިބެހޭ:

ނަންބަރު:IUL-303-AS/2022/04

އިޢުލާން

މިކައުންސިލުގެ ބެލުމުގެ ދަށުން ހިނގަމުންދާ އިންޖީނުގޭގައި ހުރި ވޯލްވޯ 670 ކޭވީއޭ  މޮޑެލް ނަމބަރ G3TWD1643  ސީރިއަލް ނަމްބަރ: 2016096657 ވޯލްވޯ ޖަނަރޭޓަރ މޭޖަރ އޯވަހޯލް ކުރުމާ ޑައިނަމޯ ސާވިސް ކުރުމާއިބެހޭ:

                    މިކައުންސިލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް އުނގޫފާރު ރައްޔިތުންގެ ގޮތުން ހިންގަމުންދާ އިންޖީނުގޭގައި މިހާރު ބޭނުން ކުރަމުންދާ ސުރުޚީގައި ދެންނެވިފައިވާ ޖަނަރޭޓަރ އާއި ޑައިނަމޯ  އަމިއްލަ ތަކެތީގައި މޭޖަރ އޯވުހޯލް ކުރުމާއި ސާވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ(.)

                    ވީމާ މިކަމަށް ޝަޢުޤު ވެރިވެލައްވާ ފަރާތްތަކުން 07 ފެބުރުއަރީ 2022 ވާ ހޯމަ ދުވަހުގެ 10.00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ދަންނަވަމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވާ ބޭފުޅެއްގެ ނަމާއި، އައި ޑީ ކާޑު ނަމްބަރ އަދި އެޑުރެސް އެނގޭ ގޮތުގެލިއުމެއް ހުށަހަޅުއްވުން އެދެމެވެ. އަދި ކުންފުންޏަކުން ނުވަތަ ޕާރޓުނަރޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުންނަމަ އެތަނެއްގެ ރަޖިސްޓުރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބީލަން ބަލާގަތުމަށް ހަމަޖެހިފައިވަނީ 14 ފެބުރުއަރީ 2022 ހޯމަ ދުވަހުގެ 1.30 ގައި މިކައުންސިލް އިދާރާގައެވެ. މިކަމަށް އެދި ހުށަހާޅާ ސިޓީ އުރާގެ ބޭރުގައި "އުނގޫފާރު ރައްޔިތުން އިންޖީނުގޭގައި ބޭނުން ކުރަމުން ދާ 670 ކޭވީއޭ ވޯލްވޯ ޖަނަރޭޓަރ އާއި ޑައިނަމޯ  މޭޖަރ އޯވުހޯލު ކުރުމާއި ،ޑައިނަމޯ ސާވީސްކުރުމާއި ގުޅޭ" އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑުރެސް، ފޯނު ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފު ކުރުމުގެ ބައްދަލް ވުމުގައި އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލް ވުމުގައި ބައިވެރިވެވޭނީ ކޮންމެ ފަރާތަކުންވެސް އެންމެ ފަރާތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބުހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެގޭނޭ ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަޢް ވަޑައިނުގަންނަވާ ފަރާތުގެ އަންދާސީ ހިސާބު އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ

ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ ކޮންމެ ރަސްމީދުވަހެއްގެ ރަސްމީގަޑީގައި 6580118 ފޯނަށް ނުވަތަ 9998591 އަށް ގުޅުއްވުމަށް ދަންނަވަމެމެވެ.

 ތިރީގައި އެވަނީ މިމަސައްކަތަށް މާރކުސް ދިނުމަށް ހަމަޖެހިފައިވާގޮތުގެ ތަފުސީލެވެ.                                

1  ހުށަހަޅުއްވާ އަގައް          70   މާރކުސް

2  މަސައްކަތުގެ ތަޖުރިބާއަށް      10   މާރކުސް

3  މުއްދަތަށް                10  މާރކުސް

4  މާލީ ތަނަވަސްކަމަށް         10  މާރކުސް

29 ރަބީއުލްއާހިރު 1443

01 ފެބުރުވަރީ 2022
ހޯދާ