މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސ. ހިތަދޫ މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ– މުއްދަތު އިތުރުކުރުން

 މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: (IUL)475/475/2022/21

އިއުލާން

 "ސ. ހިތަދޫ  މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ– މުއްދަތު އިތުރުކުރުން"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހާންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ސ. ހިތަދޫ މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް 20 ޖެނުއަރީ 2022 ގައި ކުރެވުނު 475/475/2022/11 ނަންބަރު އިއުލާނާއި ގުޅިގެން ކޯޓޭޝަން ހުށައެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް ސ. ހިތަދޫ މޯލްޑިވްސް ޕޮލިޓޭކްނިކް ކެންޕަހަށް، ކޯޓޭޝަން އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައި ނުވެއެވެ.

 

އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:

މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

 

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މުހައްމަދު މަނާން، ޕްރޮކިޔުމަންޓް ސެޕްޝަލިސްޓް

އީމެއިލް : [email protected]

ފޯން: 3026975/9779004 

31 ޖަނަވަރީ 2022
ހޯދާ