މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސޯސިއޭޓް ކައުންސިލް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެސޯސިއޭޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

 

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ (06 މަސް ދުވަސް)

މަޤާމުގެ ރޭންކު:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 5,020.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,500.00 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް:

މަހަކު 800.40   ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ.

3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިއިދާރާ ހުޅުވާލައްޕަންޖެހޭ ޙާލަތްތަކުގައި އެކަންކުރުން.
  2. ރަށުގައި ހިނގާ މުޙިއްމު ކަންތައްތަކާއި ކައުންސިލް އިދާރާއިން ކުރެވޭ މަސައްކަތްތަކުގެ ފުރިހަމަ މަޢުލޫމާތު ހިމެނޭގޮތަށް އިދާރާގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުމާއިއެކު ކޮންމެ ހަފުތާއަކު އެއްފަހަރު ރައިސް ނުވަތަ އެދުވަހަކު ކައުންސިލް އިދާރާގެ އެއްމެހާކަންތައް ބެލެހެއްޓުމަށް ރައީސް ކަނޑައަޅުއްވާފައި ހުރި އިސްވެރިޔަކު ލައްވާ ސޮއިކުރުވުން.
  3. ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ވަޒީފާތަކަށް މުވައްޒަފުން ހޯދުމާއި މުވައްޒަފުން ވަކިކުރުމާއިބެހޭ އެއްމެހާ  ކަންތައް ސިވިލް ސަރވިސް ޤަވާއިދާ އެއްގޮތަށް ކުރުން.
  4. ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން މުވައްޒަފުންނާއިމެދު ފިޔަވަޅުއެޅުމާއި އަންގަންޖެހޭ އެންގުންތައް އެންގުން.
  5. ސިވިލް ސަރވިސްގައި ނުހިމެނި ނަމަވެސް ކައުންސިލް އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމާއި އެކަމާބެހޭ އެންމެހާ ކަންތައް ހިންގާ ބެލެހެއްޓުން (ރެކޯޑް ބެލެހެއްޓުން)
  6. ކައުންސިލް އިދާރާއާއި މިސްކިތްތަކުގެ މުވައްޒަފުން ސޮއިކުރާފޮތް (ޙާޟިރީ) ހަދާބެލެހެއްޓުން.
  7. ކޮންމެ މީލާދީ މަހެއްގެ މުވައްޒަފުންގެ ޙާޟިރީ ރިޕޯޓު ޖެހިގެން އަންނަމަހުގެ 5 ވަނަދުވަހުގެ ކުރިން ހަދާ އިދާރާ ހިންގަވަން ހުންނެވި ވެރިޔަކު ލައްވާ ސޮއިކުރުވުން.
  8. ކައުންސިލްގެ ޖަލްސާތައް ބޭއްވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމާއި ކައުންސިލް ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ އިތުރުން ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް އަންގަންވާ ފަރާތްތަކަށް ޒިންމާދާރުވެރިޔާގެ މަޝްވަރާގެ މަތީން އެންގުން.
  9. ޒިންމާދާރުވެރިޔާގެ މަޝްވަރާގެމަތީން މުވައްޒަފުންނަށް ޗުއްޓީ ދީނުމާއި ޗުއްޓީ ރެކޯޑްބެލެހެއްޓުން.
  10. ވަކި މުވައްޒަފަކާއި ޙަވާލުކޮށްފައިނުވާ، ރަށު ކައުންސިލުން ދޭންޖެހޭނެކަމަށް ޤާނޫނަކުން ކަނޑައަޅާ ޚިދުމަތްތައް ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެމަތިން ދިނުން.
  11. ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެމްބަރަކު ނުވަތަ މެމްބަރުންތަކެއް ވަކިވެއްޖެނަމަ ލަސްވެގެން 45 ދުވަހުގެތެރޭގައި ކައުންސިލަށް މެމްބަރު ނުވަތަ މެމްބަރުން އިންޠިޚާބުކުރުމުގެ ކަންތައް ކަމާއިގުޅޭ މުވައްސަސާތަކާއި ގުޅިގެންކުރުން.
  12. އިލެކްޝަންސް ކޮމިޝަނުން ރާވާ އުޞޫލެއްގެ މަތީން އިންތިޙާބުތަކާބެހޭ އެންމެހާކަންތައް ހިންގާ ބެލެހެއްޓުން.
  13. ލާމަރުކަޒީ ޤާނޫނުގެ 108 ވަނަމައްދާގެ (ހ) އާއި ށ ގައިބުނެފައިވާ ރިޕޯޓް ތައްޔާރުކޮށް މުއްދަތަށް ފޮނުވުން.
  14. ލާމަރުކަޒީ ޤާނޫނުގެ 109 ވަނަމާއްދާގެ (ހ) ( ކޮންމެއަހަރެއްގެ ޖުލައި 10 ވަނަދުވަހުގެ ކުރިން ވޭތުވެދިޔަ 6 މަހު) އަދި (ށ) (ކޮންމެ އަހަރެއްގެ ޖަނަވަރީ 10 ވަނަދުވަހުގެ ކުރިން ވޭތުވެދިޔަ އަހަރުގެ ކައުންސިލުން ހިންގި ހަރަކާތްތަކާއި އަންނަން އޮތް އަހަރު ހިންގުމަށްރާވާފައިވާ ހަރަކާތްތަކުގެ) ޙުލާސާ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  15. ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހުނަރުވެރިކަން ފާހަގަކޮށް އެފަދަ ފުރުޞަތުތައް މުވައްޒަފުންނަށް ހަމަހަމަ އުސޫލަކުން ހޯދަދިނުން.
  16. ކައުންސިލް އިދާރާގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުން.
  17. އިދާރާއަށް ޒިޔާރަތްކުރާ އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމާއި  މެހުމާންދާރީ އަދާކުރުމުގެ ކަންތައް އިންތިޒާމުކޮށް  ބެލެހެއްޓުން.
  18. ޔަތީމު ކުދިންނާއި އެކަނިވެރި މައިން ނުވަތަ ބަފައިންގެ ގޮތުގައި އެހީލިބޭ ފަރާތްތަކުގެ ރަޖިސްޓްރީއެއްހަދާ ބެލެހެއްޓުމާއި އެކު އެފަދަ ފަރާތެއް ނިޔާވެއްޖެނަމަ ނުވަތަ ޙާލަތު ބަދަލުވެއްޖެނަމަ ލަސްވެގެން މަސައްކަތު 5 ދުވަހުގެ ތެރޭގައި އެކަން ނޭޝަނަލް ސޯސަލް ޕްރޮޓެކުޝަން އެޖެންސީއަށް އެންގުން.
  19. ކައުންސިލް އިދާރާއިން ބައިވެރިވާ ނުވަތަ ބައިވެރިކުރާ މުބާރާތްތަކުގެ އިދާރީ މަސައްކަތްތައް ކުރުވުމާއި ބެލެހެއްޓުމުގެ އިތުރުން ކައުންސިލް އިދާރާއިން ފާހަގަކުރާ ދުވަސްތަކުގެ އިދާރީ އެންމެހާ ކަންތައް ބެލެހެއްޓުން.
  20. ކައުންސިލް އިދާރާއަށް ލިބޭ އެކިއެކި ކޯސް، ވަރކްޝޮޕް، ބައްދަލުވުން، ސެމިނަރތަކަށް ފޮނުވާނެ ފަރާތްތަކައި ފޯކަލްޕޮއިންޓްގެގޮތުގައި ކަނޑައަޅަންޖެހޭ ފަރާތްތައް ސެކްޝަންހެޑްގެ މަޝްވަރާގެމަތިން ކަނޑައަޅާ އަންގަންޖެހޭ ފަރާތްތަކަށް ޤަވާއިދުން އެންގުން.
  21. ވަޒީފާ ބަޔާނުން ލާޒިމުކުރާ އެންމެހާ ކަންތައްތައް ރޭވުމާއި، ހިންގުމާއި، ތަރައްޤީކޮށް، ބެލެހެއްޓުން.
  22. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމަޔަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާކަންތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެމަތީން ކުރުން. 
  23. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލް ފުރިހަމަޔަށް ޖަވާބުދާރީވުން.
  24. މީގެއިތުރުން ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން އިދާރާގެ ވެރިން އަންގަވާ ކަންތައްތައްކުރުމާއި އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1.  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމްގެ ތަޢުލީމާ ރޮނގުތައް:

ނެތް

މަޤާމްގެ މަސައްކަތުގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި، އިދާރާގެ ވެބްސައިޓުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. . އަސާސީ ޝަރުތުހަމަވުން

30%

  1. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

05%

  1. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

05%

  1. އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

25%

  1. އިންޓަރވިއު

35%

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ފެބުރުވަރީ 2022 ގެ 14:00 ގެ ކުރިން، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 08 ފެބުރުވަރީ 2022 އާއި 12 ފެބުރުވަރީ 2022 އާ ދެމެދު، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6641016، 6640996 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

31 ޖަނަވަރީ 2022
ހޯދާ