މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ޖުވެނައިލް ޑިޓެންޝަން ސެންޓަރ

އިޢުލާން

 

ޤާނޫނު ނަންބަރު  18/2019(ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ޤާއިމުކުރުމަށް އެ މާއްދާގެ (ށ) އިން މިނިސްޓަރ އޮފް ހޯމްއެފެއަޒްގެ މައްޗަށް ލާޒިމުކޮށްފައިވާތީ، ކ.ހިންމަފުށީ އައްސޭރި ޖަލުގައި އިސްވެ ބަޔާންކުރެވުނު ޖުވެނައިލް ޑިޓެންޝަން ސެންޓަރު މިއަދު، (27 ޖުމާދުލް އާޚިރާ 1443، 30 ޖެނުވަރީ 2022 ވީ އާދީއްތަ ދުވަހު) ޤާއިމުކޮށް، ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޢާންމުކޮށް އަންގާ އިއުލާންކުރަމެވެ.

 

ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހިނގަމުންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ބެލުމުގެ ދަށުންނެވެ.

28 ޖުމާދުލް އާޚިރާ 1443

30 ޖަނަވަރީ 2022

30 ޖަނަވަރީ 2022
ހޯދާ