މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލް ވަޅުލުމާއި ހޮޅިދަނޑި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މަގުކޮނުމާއި މަގުމަތީ ހޮޅިދަނޑި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ނަމްބަރ: (IUL)363-PRJ/363/2022/02 (24 ޖަނަވަރީ 2022) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިކައުންސިލުން ކަނޑައަޅާ ސަރަހައްދު ތަކެއްގައި މަގުމަތީ ހޮޅިދަނޑި ޖެހުމާއި ކޭބަލް ވަޅުލުމަށް ބޭނުންވާތީ، މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، އެމަސައްކަތް ކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވުމާއިއެކު ދެންނެވިގޮތަށް ވޭވަށު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން މަސައްކަތުގެ މަޢުލޫމާތުގައިވާ ތަކެތި ދިނުމުން އިތުރަށް މަސައްކަތަށް ބޭނުންވާނަމަ އަމިއްލަ ތަކެތީގައި، ސުރުހީގައި އެވާ މަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

30  ޖެނުއަރީ 2022 އިން  02 ފެބުރުއަރީ 2022 އަށް  (ރަސްމީގަޑީގައި)

8:30 އިން 13:00 އަށް

އަންދާސީ ހިސާބު ބަލައިގަތުން

06 ފެބުރުއަރީ 2022

އާދީއްތަ

13:00

 

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ނަމްބަރ 6720035  ފޯނާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުއެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ. އަދި ހުށަހެޅޭ އަންދާސި ހިސާބުތަށް 2022 ވަނަ އަހަރުގެ ވޭވަށު ކައުންސިލްގެ ބަޖެޓްގައި މިމަސައްކަތަށް ކަނޑައަޅާފައިވާ ޖުމްލަ ޢަދަދަށްވުރެ ބޮޑުވެއްޖެނަމަ އެއަންދާސީ ހިސާބެއް ހުށަހެޅި ފަރާތަކަށް މަސައްކަތް ހަވާލެއް ނުކުރެވޭނެއެވެ. މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިއިޢުލާނާއި އެކު މަސައްކަތުގެ ޕްލޭން އާއި ޕޮއިންޓް ދެވޭނެ އުސޫލު ހިމެނިފައި އެވަނީއެވެ.

 

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

  1. ހުށަހެޅޭ އެންމެ ދަށް އަގަށް %70 (އަގުހުށަހެޅިފައިވާ ތަރުތީބުން ޕޮއިންޓްދިނުން)
  2. މަސައްކަތުގެ ތަޖުރިބާއަށް (ކޮށްފައިވާ މަސައްކަތްތަކުގެ އެންމެ ގިނަ ކަންތައްތައް ހުށަހަޅާ ފަރާތަކަށް އެންމެގިނަޕޮއިންޓްދިނުން)
  3. މަސައްކަތް ނިންމާނެ މުއްދަތު %20 (އެންމެ އަވަހަށް މަސައްކަތް ނިންމުމަސް ހުށަހަލާފައިވާ މުއްދަތަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް ހުށައަލާފައިވާ ތަރުތީބުން ޕޮއިންޓްދިނުން)

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

  1. ހޮޅި ދަނޑިއަށް ބޭނުންވާ ކޭބަލް ވަޅުލުން (ކޭބަލް ކައުންސިލުން ހަވާލުކުރެވޭނެއެވެ.)
  2. ހޮޅި ދަނޑީގެ ބުޑު ކޮންކްރީޓްކުރުން
  3. ވެލްޑިން ކޮށް ހޮޅިދަނޑީގެ ބުޑުގައި ދީފައިވާ ކުރެހުމުގައި ވާގޮތަށް ދަގަނޑު ފޮތި ހަރުކޮށް ރެޑްއޮކްސައިޑް ދަވާދު ވެލްޑިން ކުރިތަނުގައި ލުން (ހޮޅިދަނޑި ބުޑުގައި ހަރުކުރާކަށް ނުޖެހޭނެއެވެ)

1-     13 ހޮޅި ދަނޑި ޖެހުން

 

  • ޖަހަންޖެހޭ ހޮޅިދަނޑި ބުޑުގެ ޢަދަދު: 13
  • މިހާރު ޖަހާފައިހުރި ހޮޅިދަނޑިތަކާއި އެއްލައިނެއްގައި ސީދަލަށް ހޮޅިދަނޑިތައް ޖެހުން
  • ކައުންސިލުން ހޮޅިދަނޑި ޖެހުމަށް ބޭނުންވާ ހޮޅިދަނޑިއާއި ކޭބަލް ފޯރުކޮށްދޭނެ
  • ވެލްޑިން ކޮށް ހޮޅިދަނޑީގެ ބުޑުގައި ދީފައިވާ ކުރެހުމުގައި ވާގޮތަށް ދަގަނޑު ފޮތި ހަރުކޮށް ރެޑްއޮކްސައިޑް ދަވާދު ވެލްޑިން ކުރިތަނުގައި ލުން
  • އަލަށް ޖަހާ ހޮޅިދަނޑިތަށް ހުންނަށް ޖެހޭނީ މަޢުލޫމާތް ޝީޓާއިއެކު ހިމެނިފައިވާ ކުރެހުމުގައި ވާގޮތަށެވެ.

 

 

2-     ހޮޅި ދަނޑީ ބުޑު ކޮންކްރީޓްކުރުން

  • ދެވިފައިވާ ކުރެހުމުގައިވާ މިންތަކާއި އެއްގޮތަށް  ހޮޅިދަނޑި ތަކުގެ ބުޑުތައްހަދައި ކޮންކްރީޓް ކުރަންވާނެއެވެ.
  • ކޮންކްރީޓް އެޅުމަށް ސިމެންތި ގަށާނީ 1 ސިމެންތި، 2 ވެލި 3 ހިލަ އަށް 1:2:3 ރޭޝިއޯއަށް ހިލައާއި ހިލަވެލި އަޅައިގެންނެވެ.
  • ކޮންކްރީޓް އެޅުމަށްފަހު ކޮންކްރީޓްގަނޑު ރަނގަޅަށް ހިކެންދެން (9 ދުވަސް ވަންދެން) ބަހައްޓަން ވާނެއެވެ.
  • ކޮންކްރިޓް ކުރާ ހޮޅިދަނޑީގެ ބުޑުގައި ކުރެހުމުގައި ވާފަދައިން 4 ބޯލްޓް ލާންވާނެއެވެ.
  1. ބޮޑު ކޮންކްރީޓް ކުރާއިރު ކޭބަލް ވެއްދުމަށްޓަކައި "1.5ގެ އެސްލޯން ހޮޅި ބުރިއެއް (ކުރެހުމުގައި ވާގޮތަށް) ކޮންކްރީގެ ތެރެއަށް ފަސޭހައިން ކޭބެލް، ހޮޅި ދަނޑިއަށް ވެންދޭނެހެން ލާންވާނެއެވެ. މީގެ އިތުރުން ކޮންކްރިޓް ބުޑުގެ ތެރެއަށް ކޭބަލް ލައްވަން ވާނެއެވެ.
  • ހޮޅިދަނޑި ހަރުކުރުމަށް ހޮޅިދަނޑިހަރުކުރާ ކޮންމެ ބޯލްޓަކަށް 3 ނަޓް 2 ވަސަރު ލާންވާނެއެވެ.

 

3-     ހޮޅިދަނޑިއަށް ބޭނުންވާ ކޭބަލް ވަޅުލުން

  • ކޮންނަން ޖެހޭނީ ގާތްގަނޑަކަށް 400m އާއި 600m އާއި ދެމެދުގެ ދިގުމިނެކެވެ.
  • ކޭބަލް އެޅުމަށް ކޮންނަންޖެހޭ ކޯރު ކޮންނަންވާނީ ފުންމިނުގައި  2.5’ފޫޓް ހުންނަވަރަށެވެ.
  • ކޯރުކޮށްނަންވާނީ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށި އިންނަ ފަރާތުގެ ފެށިގެން މަގުގެ 3/1 ގައެވެ.
  • ކޭބަލު ވަޅުލަންވާނީ ކައުންސިލް އިދާރާގެ މަގުކޮނުމުގެ އޫޞޫލާއި އެއްގޮތަށް ފެނަކަ ކޯޕަރޭޝަންގެ ލަފާގެ މަތީންނެވެ.
  • ކޭބަލް ވަޅުލުމުގައި ވަޅުލާފައިވާ އެއްވެސް ކޭބަލަކަށް ގެއްލުމެއް ވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ ކޮންނަ ފަރާތުން އުފުލަން ވާނެއެވެ.
  • އަގު ހުށައަޅާނީ ކޮނުމާއި ކޭބަލް އެޅުމަށްފަހު ފަސްޖެހުމާއި ވާރނިންގ ޓޭޕް އެޅުމަށް ފަހުގައި މީޓަރެއް ގެ އަގު އެނގޭނެގޮތަށެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

30 ޖަނަވަރީ 2022
ހޯދާ