މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިހާނު ދޭ ޓްރެކް ބަދަލުވުމާއި ގުޅޭ

29 ޖަނަވަރީ 2022 ވާ ހޮނިހިރު ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރިއަށް ގެންދާ އެއްގަމު އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިހާނު ކުރިއަށް ގެންދާނީ މި މިނިސްޓްރީގެ ފަރާތުން ހުޅުމާލޭގެ 1 ވަނަ ފިޔަވަހި (ފިތުރޯނު މަގު) ގައި އަލަށް ޤާއިމް ކުރެވުނު ޑްރައިވިންގ ޓްރެކްގައި ކަމަށް އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

27 ޖަނަވަރީ 2022
ހޯދާ