ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
2022 ވަނަ އަހަރު ކާވެނިކޮށްދޭ ދުވަސްތައް ކަނޑައެޅުން

އިޢުލާން

          މީލާދީ ސަނަތުން 2022 ވަނަ އަހަރު ފ.ޖުޑީޝަލް ދާއިރާގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކުގައި ކާވެނިކޮށްދޭ ދުވަސްތަކާއި، ގަޑިތައް ތިރީގައި މިދަންނަވާ ގޮތުގެމަތިން ފ.ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންގެ އަޣުލަބިއްޔަތުން ކަނޑައަޅާފައިވާތީ ދަންނަވަމެވެ.

  1. ކާވެނިކޮށްދޭ ދުވަސްތައް: ދެޢީދު ދެދުވަހާއި، ޙައްޖު ދުވަހާއި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ފިޔަވައި އަހަރުގެ ހުރިހާ ދުވަސްތަކެއް.
  2. ކާވެނިކޮށްދޭ ގަޑިތައް:

    ރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކާވެނިތައް:  13:00 އިން 14:00 އަށް

    ނުރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކާވެނިތައް: 20:30 އިން 21:30 އަށް (ހަމައެކަނި ރަސްމީ ދުވަސްތަކުގައި)

    ކޯޓުން ބޭރުގައި ކުރާ ކާވެނިތައް:        16:00 އިން 22:30 އަށް

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

          16 ޖުމާދަލްއާޚިރާ 1443

          27  ޖަނަވަރީ  2022

 

27 ޖަނަވަރީ 2022
ހޯދާ