މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއިގުޅޭ

އިޢުލާން

 

 

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއިގުޅޭ

 

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްއިން މިހިނގާ 2022 ވަނަ އަހަރު ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރައްވަމުންދާ ޕްރޮގްރާމްތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ. މި ޕްރޮގްރާމްތައް ހިންގުމަށް އެ ސެންޓަރުން ނިންމަވާފައިވަނީ، ކޮންމެ ޕްރޮގްރާމަކަށްވެސް އެކަށީގެންވާ އަދަދަކަށް މީހުން ލިބިފައިވާނަމައެވެ.

 

ވިޝުއަލް އާޓްސްގެ ދާއިރާ

  1. ކުރެހުން
  2. ވީޑިއޯ އުފެއްދުން
  3. ފޮޓޯގްރަފީ

ޕާފޯމިންގ އާޓްސްގެ ދާއިރާ

  1. މިއުޒިކް
  2. ނެށުން
  3. ސްޓޭޖް ޑްރާމާ

 

ވީމާ، މަތީގައި ދެންނެވިފައިވާ ދާއިރާތަކުން ޓްރެއިނިންގ ޕްރޮގްރާމްތައް މިރަށުގައި ކުރިއަށްގެންދާނަމަ، އެޕްރޮގްރާމެއްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  2022 ފެބުރުއަރީ 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރެއްވުމަށް ދަންނަވަމެވެ. އެކަށީގެންވާ އަދަދަށް ބައިވެރިން ނުލިބިއްޖެނަމަ، މި ޕްރޮގްރާމްތައް ކުރިއަށް ނުގެންދިޔުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައިވާތީ، އެވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ.

27 ޖަނަވަރީ 2022
ހޯދާ