މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގްރޭޓަރ މާލެ ކަނެކްޓިވިޓީ - މާލެ ތިލަފުށި ލިންކް މަޝްރޫޢާއި ގުޅޭ

ގްރޭޓަރ މާލެ ކަނެކްޓިވިޓީ - މާލެ ތިލަފުށި ލިންކް މަޝްރޫޢާއި ގުޅޭ

 

ގްރޭޓަރ މާލެ ކަނެކްޓިވިޓީ - މާލެ ތިލަފުށި ލިންކް މަޝްރޫޢު ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރ އެފްކޯންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން މާލެ ހުޅަނގު ދެކުނުފަރާތުން ފެށިގެން ތިލަފުއްޓާއި ހަމައަށް މަސައްކަތް ކުރުމަށް ސައިޓަށް މޮބިލައިޒް ވެފައިވާތީ މި ތާރީހުން ފެށިގެން އެ ސަރަހައްދުގައި އެކި ސައިޒްތަކުގެ ޕްލެޓްފޯރމްތަކާއި ހެވީ އިކުއިޕްމަންޓްތައް ބޭނުންކުރަމުންދާނެއެވެ.  

 

މި ގޮތުން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިލި އިރު ދެކުނު ކަންމައްޗާއި، ވިލިނގިލި ދެކުނު ފަރާތުގެ މޫދާއި، ވިލިނގިލި ހުޅަނގުދެކުނު ކަންމައިތިން ފެށިގެން ގުޅީފަޅު އިރުދެކުނު ކަންމައްޗާއި، އަދި ގުޅީފަޅު ހުޅަނގު ދެކުނު ފަރާތުން ފެށިގެން ތިލަފުށީ އިރު ދެކުނު ކަންމައްޗަށް އެއްވެސް ބޭނުމަކަށް މޫދަށް އެރި އުޅުމަކީ ރައްކާތެރި ނޫންކަމެއް ކަމުގައި ފެންނާތީއާއި އެ ސަރަހައްދަށް އެރި އުޅުމުގެ ތެރޭގައި ލިބިދާނެ ބޮޑު ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި 27 ޖަނަވަރީ 2022އިން ފެށިގެން މި މިނިސްޓްރީއިން ވަކި ގޮތަކަށް އަންގަންދެން އެ ސަރަހައްދުގެ މޫދަށް އެރި އުޅުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އަންގައި އިއުލާން ކުރަމެވެ.

27 ޖަނަވަރީ 2022
ހޯދާ