މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ކުނިކަހާ ސާފުކުރުމަށް

މިރަށުގެ އިޖްތިމާޢީ ސަރަހައްދު ކުނިކާހާ ސާފުކޮށްދޭނެ ފަރާތެއް  ހޯދުމަށް ކުރެވުނު ނަމްބަރ (IUL)312-F N/312/2022/2 (19 ޖެނުއަރީ 2022) ގެ އިއުލާން ބާތިލުކޮށް އަލުން އިއުލާނުކުރަމެވެ. މިއީ މިކަމަށް އެދި އިއުލާނު ކުރެވުނު 2 ވަނަ ފަހަރެވެ.

  1. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑި ތަކަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު، އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.
  • މަޢުލޫމާތު ދިނުމުގެ ސެޝަން: 30 ޖެނުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ރ.ކިނޮޅަހު ކޮމިއުނިޓީ އީސެންޓަރުގައި
  • އަންދާސީ ހިސާބު ހުށަހެޅުން: 2 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ 11:00 އަށް ރ.ކިނޮޅަހު ކޮމިއުނިޓީ އީސެންޓަރުގައި

2. ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ، އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ.

3. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

4. މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި "ރ.ކިނޮޅަހު އިޖްތިމާޢީ ސަރަހައްދު ކުނިކާހާ ސާފުކުރުން 2022". މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 5. އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.

27 ޖަނަވަރީ 2022
ހޯދާ