އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ މީދޫ އަވަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބި ހުރި ގެތަކާއި ގޯތިތަކަށް ޚިދުމަތް ދިނުމާ ގުޅޭ

އިޢުލާން  

އައްޑޫ ސިޓީ މީދޫ އަވަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބި ހުރި ގެތަކާއި ގޯތިތަކަށް ޚިދުމަތް ދިނުމާ ގުޅޭ

 

ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން އައްޑޫ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި، ސަރުކާރުން ޕްރޮޖެކްޓް ޙަވާލުކުރެއްވި ކުންފުނިން މަސައްކަތް ފަށާފައިވާއިރު، މީދޫ އަވަށުގެ ބައެއް ގެތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތުގެ ފުރަތަމަ ކަނެކްޝަން ގުޅާފައި ނެތްކަން ވަނީ ފާހަނގަ ކުރެވިފައެވެ. މަގުތައް ރަނގަޅު ފެންވަރުގައި ހެދުމަށްފަހު، ފެނާއި ނަރުދަމާގެ ކަނެކްޝަން ތައް ގުޅުމުގެ މަސައްކަތަށް މަގު ކޮނުމަކީ ޚިދުމަތް ލިބިގަންނަ ފަރާތުންވެސް ބޮޑު ޚަރަދެއް ކުރަންޖެހި ކަނެކްޝަން ގުޅުމަށްވެސް ދަތިތަކަކާއި ކުރިމަތިވެދާނެ ކަމެކެވެ. އަދި މަގުތައް ހަލާކުވެ އަޑި ގުޑަންތައް ގިނަވެ، މަގު ބޭނުން ކުރުމާއި މަރާމާތު ކުރުމަށްވެސް ދަތިވާނެ ކަމަކަށްވާތީ، މަގު ހެދުމުގެ ކުރިން ފެނާއި ނަރުދަމާގެ ކަނެކްޝަން ނުދެވި ހުރި ގެތަކަށް އެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، މަޢުލޫމާތު އެއްކުރުމަށް ބޭނުންވެއެވެ.

ވީމާ، ފެނާއި ނަރުދަމާ ގުޅާފައިނުވާ ގެތަކާއި ހުސްގޯތިތަކާއި އަދި އިތުރު ކަނެކްޝަން ބޭނުންވާ ގެތަކާއި ހުސް ގޯތިތަކުގެ ނަމާއި ގޯތީގެ ވެރިފަރާތުގެ މަޢުލޫމާތު އެނގޭ ގޮތަށް މީދޫ އަވަށު އޮފީހުގެ ތިރީގައިވާ އެޑްރެހަށް މެއިލްކޮށް ދެއްވުން އެދެމެވެ.

  • އީ-މެއިލް :  [email protected]
  • އިތުރު މަޢުލޫމާތު : 6895557 / 9993025

 

26 ޖަނަވަރީ 2022

22 ޖުމާދަލްއާޚިރާ 1443

26 ޖަނަވަރީ 2022
ހޯދާ