މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސް އައުކުރުމާބެހޭ:

ކަސްޓަމްސް ޢާންމުޤަވާޢިދުގެ 228 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އުޅަނދުފަހަރުގެ އޭޖެންޓުންގެ  ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މީލާދީ 1 (އެކެއް) އަހަރެވެ. މިގޮތުން ލައިސަންސްގެ މުއްދަތު ހަމަވުމުން،  ލައިސަންސް އައުކުރުމަށް އެދި ކަސްޓަމްސް އަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.

 

        އުޅަނދުފަހަރުންގެ އޭޖެންޓުންގެ ލައިސަންސް އައުކުރުމަށް އެޕްލިކޭޝަން ( MCS-155 ) ފޯމު ކަސްޓަމްސް އަށް ހުށަހެޅުމުގެ ބަދަލުގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް، ވެރިފަރާތައް ލައިސަންސް އައުކުރެވޭގޮތަށް ހަމަޖައްސައިފީމެވެ. އަދި މިގޮތަށް ހަމަޖެހުމުން، އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސް މުއްދަތު ހަމަވުމުން ޚިދުމަތް މެދުކެނޑޭނެއެވެ. މިޚިދުމަތް އަލުން ޤާއިމްކުރުމަށް ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ކުންފުނީގެ ލައިސަންސް ރިނިއުކޮށް، ޕޭމަންޓް ދެއްކެވުމުން އަލުން ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ. ނަމަވެސް ލައިސަންސް އައުކުރުމުގެ ކުރީން މިނިސްޓްރީ އޮފް ޓްރާންސް ޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޫކުރާ " ޝިޕިންގ އެޖެންސީގެ ލައިސަންސް " ގެ މުއްދަތު ހަމަވެފައިވާނަމަ، އެ ލައިސަންސް " އައުކުރެއްވުމަށްފަހު، ކަސްޓަމްސްގެ އީ-މެއިލް [email protected])) އަށް މެއިލްކޮށް ދެއްވުމަށްވެސް ދެންނެވީމެވެ. އަދި މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު:3334176 ފޯނަށް ގުޅުއްވުން އެދެމެވެ.

 

           އުޅަނދުފަހަރުގެ އޭޖެންޓުންގެ  ލައިސަންސް އައުކުރުމަށް ޢަމަލުކުރަންވީ ގޮތް ތިރީގައި އެވަނީއެވެ.

 

1-      ކަސްޓަމްސް ޕޯޓަލްއަށް ލޮގިން ކުރެއްވުމަށްފަހު ޑޭޝްބޯޑް ޕޭޖުގެ ރިނިއު އުޅަނދުފަހަރުގެ އޭޖެންޓުންގެ ލިންކަށް ފިއްތަވާލައްވާށެވެ.

2-      ޕެންޑިންގ ޕޭމެންޓްސް ޕޭޖްގައިވާ ޕޭއޮންލައިން ބަޓަނަށް ފިއްތަވާލައްވާށެވެ.

3-      ބޭންކް އޮފްމޯލްޑިވްސްގެ ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް އޮންލައިން ޕޭމެންޓް ހައްދަވާށެވެ.

4-      ޕޭމެންޓް ހެއްދެވުމުން އުޅަނދުފަހަރުންގެ އޭޖެންޓުންގެ  ލައިސަންސް އައުކުރެވޭނެއެވެ.

 

      ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

27 ޖަނަވަރީ 2022
ހޯދާ