އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމި ކަމުގެ ސެޓިފިކޭޓް ކޯހެއް ހިންގުމާއި ގުޅޭ:

މިކައުންސިލުން ރަށުގެ ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަނޑު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް އަލަށް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުމުގެ ގޮތުން ނިޔަމި ކަމުގެ ސެޓިފިކޭޓް ކޯހެއް ހިންގުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ.

                  ވީމާ މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 2022 ފެބްރުއަރީ 2 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ. އަދި މިކަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ނަން ނޯޓް ކުރާ ފަރާތްތަކާއިއެކު ބޭއްވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

                  ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

27 ޖަނަވަރީ 2022
ހޯދާ