މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ކައުންސިލަށް 2 (ދޭއް) ޓަނުގެ ޕިކަޕެއް ގަތުމާއި ބެހޭ

ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާއަށް 2 ޓަނުގެ ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 02 ފެބްރުއަރީ 2022 ވާ (ބުދަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މިއިޢުލާނާއެކު ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވާންވާނެއެވެ. އަދި ރަޖިސްޓްރީ ވުމަށްފަހު ރަޖިސްޓްރީ ވިކަން އަންގާ މިކައުންސިލްގެ ޕްރޮޖެކްޓްސް އަށް  [email protected] މެއިލް ކުރަންވާނެއެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް މިބީލަމާއިގުޅޭ ސްޕެސިފިކޭޝަނާއި މަޢުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ރަޖިސްްޓްރޭޝަން ފީގެ ގޮތުގައި 50 ރުފިޔާ ދައްކަވަން ވާނެއެވެ. ރަޖިސްޓްރޭޝަން ފީ ކައުންސިލްގެ އެކައުންޓް ނަންބަރު 7720700434001(1326 REVENUE 1) އަށް ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް 9449430 (ކެނދިކުޅުދޫ ކައުންސިލް) އަށް ވައިބަރ ކުރަންވާނެއެވެ. ސްލިޕް ވައިބަރ ކުރާއިރު، ރަޖިސްޓްރީވާ ވިޔަފާރީގެ ނަން ރިމާރކްސްގައި ޖައްސަވަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 ފެބްރުއަރީ 2022 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

*ރަޖިސްޓްރޭޝަން ފޯމް ލިންކު:
 
https://docs.google.com/forms/d/e/1FAIpQLSc9nCxAEztDsm0-CeZnwR-ltAQCX0TIHSRI6TliQCcD3EScoA/viewform?usp=sf_link

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

23 ޖުމާދަލްއާޚިރު 1443

26 ޖަނަވަރީ  2022

26 ޖަނަވަރީ 2022
ހޯދާ