މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ފައިނޭންޝަލް ކޮންޓްރޯލަރ

މަޤާމް :

ފައިނޭންޝަލް ކޮންޓްރޯލަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/19,400 ރުފިޔާ ( ނަވާރަހާސް ހަތަރު ސަތޭކަ  ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު-5600 ރުފިޔާ (ފަސްހާސް ހަސަތޭކަ ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • އެސޯސިއޭޝަން އޮފް ޗާރޓާރޓް  ސަރޓިފައިޑް އެކައުންޓެންޓް މެމްބަރ ޝިޕް އޮތުމާއި (ACCA) IFRS އަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުމާއި، ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއި ކުރެވޭ އިންޓަރވިއު އިން ފާސްވުން. ނުވަތަ،
  • ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓެންޓް (CPA)   އޮތުމާއި ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއި، IFRS  އަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުމާއެކު ކުރެވޭ އިންޓަވިއުއިން ފާސްވުން، ނުވަތަ؛
  • ޗާރޓާރޑް ޕަބްލިކް އެކައުންޓެންޓްސް (CPA) ޙާޞިލްކޮށްފައިވުމާއެކު ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާގައި 7 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއި އަދިIFRS  އަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުމާއެކު ކުރެވޭ އިންޓަވިއުއިން ފާސްވުން،

މަޤާމުގެ މަސްޢޫލިއްޔަތު

  • ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގާ ތަރައްޤީ ކުރުމާއި، އެކައުންޓިންގ ސިސްޓަމްގެ ސައްޙަކަން ހުރިހާ ވަގުތެއްގައިވެސް ކަށަވަރުކުރުމާއި، ކުންފުނިން އެކިއެކި މުވައްސަސާތަކަށް ހުށަހަޅަންޖެހޭ ފައިނޭންޝަލް ރިޕޯރޓްތައް ތައްޔާރުކުރުމާއި އަދި އެކައުންޓްސް އާ ގުޅުންހުރި ކަންކަމުގެ ގަވާރނަންސް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ލިބިފައިވާ މިންވަރު
  • ތަރުތީބުން މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއެކު، ލިޔެކިއުންތައް މެނޭޖް ކުރުމުގެ ޤާބިލްކަން ހުރުން.
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
  • ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
  • ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ތެދުވެރިކަމާ އިޚްލާސްތެރިކަމުގެ ސިފަ ހުރުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ޝޯރޓްލިސްޓް ކުރުން

  • ޝޯރޓް ލިސްޓް ކުރުމުގެ މަރުޙަލާގައި، އެކައުންޓްސް ދާއިރާގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ މިންވަރަށާއި ކޯޕަރޭޓް ރިޕޯރޓިން ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށާއި ސީނިއަރމެނޭޖްމަންޓް ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބެލޭނެއެވެ.

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 02 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 02 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009273 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
26 ޖަނަވަރީ 2022
ހޯދާ