މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ އެކި ސަރަހައްދުތަކުގައި މަސްކެނޑުން މަނާކުރުން

                         ބަނދަރު އިރުމަތީކޮޅު ޖެޓީގައި ރޭމްޕު ވައްޓާލުމަށް ހަދާފައިވާ ތަނުގައި މަސްކެނޑުމާއި މަހުބޮލާއި ކަށިފޮތި ފަދަ ތަކެތި އެދިމާ ފަޅުތެރެއަށް އަޅަމުން ގެންދާ ކަމުގެ ޝަކުވާތައް ލިބި، އެކަމާއިގުޅިގެން ކައުންސިލުން ބެލިބެލުމުގައި އެކަން ވަނީ ޔަޤީން ކުރެވިފައެވެ. މިކަމަކީ، މީގެ ކުރިން 3 ވަނަ ދައުރުގެ ކައުންސިލުންވެސް މަނާކޮށްފައިވާ ކަމެއްކަން ފާހަގަ ކުރަމެވެ.

                         ވީމާ، މިއަދުން ފެށިގެން އިރުމަތީ ޖެޓީގެ ރޭމްޕު ވައްޓާލުމަށް ހަދާފައިވާތަނުގައި އަދި މަސްކެނޑުމަށް ހާއްސަކޮށްގެން  ބަނދަރުގެ އިރުމަތީކޮޅުގައި ހަދާފައިވާ ތަން ނޫންތަނެއްގައި، ( ބަނދަރުގެ އެއްވެސް ތަނެއްގައި) މަސްކެނޑުމާއި މަހުބޮލާއި ކަށިފޮތިފަދަ ތަކެތި ފަޅުތެރެއަށް ނޭޅުމަށް އެންމެހާ ފަރާތްތަކަށް އަންގަމެވެ.  

                         މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޖަނަވަރީ 2022
ހޯދާ