މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލީ ބިންތަކުގެ އިމުން ބޭރުގައިހުރި ތަކެތި ނެގުމާއިބެހޭ

             މިއިދާރާގެ ނަމްބަރު: (IUL)307/INDIV/2021/36(18 އޮގަސްޓް 2021) އިޢުލާނާއި ގުޅިގެން އާއްމުކުރެވުނު، "ކުލީ ބިންތަކުގެ އިމުން ބޭރުގައިހުރި ތަކެތި ނެގުމާއިބެހޭ" މައްސަލައާއި ގުޅިގެން ގިނަ ފަރާތްތަކުން އެކަމަށް އަމަލުކޮށްފައިނުވާތީ ދަންނަވަމެވެ.

ސިނާއީ ސަރަހައްދުން ކުލީ ބިމުގެ ގޮތުގައި ދޫކޮށްފައިވާ ބިންތަކުގެ އިތުރުން ބިމާއި އިންވެގެން ހުސްކޮށް އޮންނަ ސަރަހައްދުތައް ގިނަ ފަރާތްތަކުން ބޭނުންކުރަމުން ގެންދާކަން ކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ.  އެގޮތުން ކުލީ ބިމާއި އިންވެގެން އޮންނަ ސަރަހައްދުގައި އެކިކަހަލަ ސާމާނު ބެހެއްޓުމާއި އެފަރާތްތަކުގެ މުދާ ބެހެއްޓުންފަދަ ކަންކަން ހިމެނެއެވެ. މިފަދައިން  ބިންތަކާއި އިންވެގެންއޮންނަ ހުސް ބިން ބޭނުންނުކުރުމަށާއި ބިންތައް ވަށައިގެންވާ މަގުތައް ސާފުކޮށް ބޭއްވުންފަދަ ކަންކަމަކީ ބިން ދޫކުރެވިފައިވާ ފަރާތްތަކުގެ އެގްރީމެންޓްތަކުގައިވެސް ހިމެނިފައިވާކަންކަމެވެ.

             ވީމާ، ކުލީ ބިން ފިޔަވައި ބިމުގެ ވަށައިގެންވާ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެކަން އިސްލާހްކޮށްދެއްވުން އެދި ދެންނެވީމެވެ.

             މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޖަނަވަރީ 2022
ހޯދާ