މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި މިހާރު އަޅާފައިވާ ޓާފް ނަގައި އަލުން ޓާފް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ނަންބަރު: IUL-303-AS/2022/03

އިޢުލާން

މިކައުންސިލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި މިހާރު އަޅާފައިވާ ޓާފް ނަގައި އަލުން ޓާފް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

     މިކައުންސިލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް އުނގޫފާރު ކޮމިއުނިޓީސެންޓަރުގައި ހަދާފައިވާ ފުޓްސަލް ދަނޑުގައި މިހާރު އަޅާފައިވާ ޓާފް ނަގައި އަމިއްލަ ތަކެތީގައި އަލުން ޓާފް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެވެ.

    ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  06 ފެބްރުއަރީ 2022ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ދަންނަވަމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި، އައިޑީ ކާޑް ނަންބަރު އަދި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީ ހުށަހެޅުއްވުންއެދެމެވެ. އަދި ކުންފުންޏަކުން ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރިއަކުން ނަމަ އެތަނެއްގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ. ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 13 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިކައުންސިލުންނެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ފުޓްސަލް ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތާއި ގޫޅޭ" އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަން، އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެ ނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު، ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ ރަސްމީ ގަޑީގައި 6580118 ފޯނަށް ގުޅުއްވުން އެދެމެވެ.

  ތިރީގައިއެވަނީ ފުޓްސެލް ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.
  1. ދެވޭމައުލޫމާތާއި އެއްގޮތަށް ޓާފް އެޅުމުގެ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް (ހަތްދިހަ ފަސްމާކުސް)         
  2. ތަޖުރިބާ ފަންނީ ގާބިލްކަމަށް  (ފަސްމާކުސް)
  3. ހުށަހަޅާ މުއްދަތައް        (ދިހަމާކުސް)
  4. މާލީތަނަވަސް ކަމަށް       (ދިހަމާކުސް)

        ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

       23  ޖުމާދަލްއާޙިރު 1443

       26  ޖަނަވަރީ  2022  

 

 

 

ޔޫޝައު ނަސީމް

ކައުންސިލްގެ ނައިބް ރައީސް

26 ޖަނަވަރީ 2022
ހޯދާ