އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ ހުޅުދޫ އަވަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބި ހުރި ގެތަކާއި ގޯތިތަކަށް ޚިދުމަތް ދިނުމާ ގުޅޭ

އިޢުލާން

 

އައްޑޫސިޓީ ހުޅުދޫ އަވަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބި ހުރި ގެތަކާއި ގޯތިތަކަށް ޚިދުމަތް ދިނުމާ ގުޅޭ

ހުޅުދޫ އަވަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވަމުންދާއިރު، ބައެއް ގެތަކާއި ގޯތިތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތުގެ ފުރަތަމަ ކަނެކްޝަން ދެވިފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ. މަގުތައް ރަނގަޅު ފެންވަރުގައި ހެދުމަށްފަހު ފެނާއި ނަރުދަމާގެ ކަނެކްޝަންތަކުގެ މަސައްކަތް އެ މަގުތަކުގައި ކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމަކަށް ވުމާއި އަދި މަގު ހަލާކުވެ އަޑިގުޑަންތައް ގިނަވެދާނެ ކަމަކަށް ވާތީ، މަގު ހަދަން ފެށުމުގެ ކުރިން ފެނާއި ނަރުދަމާގެ ކަނެކްޝަން ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، މަޢުލޫމާތު އެއްކުރުމަށް ބޭނުންވެއެވެ.

 

ވީމާ، ފެނާއި ނަރުދަމާގެ ފުރަތަމަ ކަނެކްޝަން ލިބިފައިނުވާ ގެތަކާއި ހުސްގޯތިތައް އަދި އިތުރު ކަނެކްޝަން ބޭނުންވާ ގެތަކާއި ހުސް ގޯތިތަކުގެ ނަމާއި ގޯތީގެ ވެރިފަރާތުގެ މަޢުލޫމާތު އެނގޭ ގޮތަށް ތިރީގައިވާ އީމެއިލްގެ ޒަރީޢާއިން ހުޅުދޫ އަވަށު އޮފީހަށް އަންގަވައިދެއްވުން އެދެމެވެ.

 

  • އީމެއިލް: [email protected]
  • އިތުރު މަޢުލޫމާތު: 7789046 /  6894655

 

 

22 ޖުމާދަލްއާޚިރާ 1443   

25 ޖަނަވަރީ 2022   

25 ޖަނަވަރީ 2022
ހޯދާ