ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ވައިކަރަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުއާ ބެހޭ

އިޢުލާން

ހދ. ވައިކަރަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުއާ ބެހޭ

 

      ސުރުޚީގައި ބަޔާންކޮށްފައިވާ މަޝްރޫޢުގެ ދަށުން ފެން މީޓަރާއި، ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.

      އިސްވެ ދެންނެވުނު އެޕްލިކޭޝަން ފޯމު ހުށަހެޅުމުގައާއި ބަލައިގަތުމުގައި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލުކުރަންޖެހެނީ މިކަމަށްޓަކައި މިހާރު ޢަމަލުކުރެވެމުންދާ ޤަވާޢިދު ނަންބަރު އާރު-10/ 2020 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 13 ވަނަ މާއްދާއާ އެއްގޮތަށެވެ. އަދި ފީއަކާނުލާ ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގުޅައިދިނުމުގައި ބެލެވޭނީ މި ޤަވާޢިދުގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ. ފޯމު ބަލައިގަތުމާއި، ލިސްޓް ފައިނަލް ކުރުމުގައި އަދި ކަނެކްޝަންގެ ޢަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ މި ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

      ވީމާ، މި ޤަވާޢިދާ އެއްގޮތަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު 2022 ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން 2022 މާރިޗު 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. މިކަމަށް އެދޭ އެޕްލިކޭޝަން ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކަމާގުޅޭ ޤަވާޢިދު ނަންބަރު 10-2020/R މި އިދާރާގެ ވެބްސައިޓް www.vaikaradhoo.gov.mv އިން އަދި މި އިދާރާގެ ކައުންޓަރުން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާނޭ ވާހަކަ ދެންނެވީމެވެ.

      މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޖަނަވަރީ 2022
ހޯދާ