ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު އަދި ރަށުތެރެ ބަލަހައްޓާ މީހުން

މަޤާމު:

ބަނދަރު އަދި ރަށުތެރެ ބަލަހައްޓާ މީހުން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (12 މަސް ދުވަސް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ / ޅ. އޮޅުވެލިފުށި

 

މުސާރަ:

2500 (ދެހާސް ފައްސަތޭކަ) ރުފިޔާ

އެލަވަންސް

ސަރވިސް އެލަވަންސް 1000 (އެންހާސް) ރުފިޔާ

މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް 100 (ސަތޭކަ) ރުފިޔާ

އިތުރު ގަޑި:

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑި ދެވޭނެ

މަސައްކަތު ގަޑި:

ދުވާލަކު 5 ގަޑިއިރު (ހުކުރު ދުވަސް ފިޔަވައި)

ޗުއްޓީ:

ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޗުއްޓީ ދެވޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށުގެ ބަނދަރުގައި ހަރުކޮށްފައިވާ ބޯޑުތަކާއި އެއްގޮތަށް އޮޑިދޯނިފަހަރު ތަރުތީބުކުރުވުން.
  2. ރަށުގެ ބަނދަރުގެ ފަޅުތެރެއަށް އެޅޭ ކުނިތައް ނަގައި ސާފުކުރުން.
  3. ބަނދަރު ފިނިމައިޒާންތަކުގައި ހަރުކޮށްފައިވާ ކަރަންޓު ބޯޑުތަކުން ކަރަންޓަށް އެދޭ ފަރާތްތަކަށް، އޮޅުވެލިފުށި ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކަރަންޓު ދޫކުރުން.
  4. ބަނދަރުގެ ފެން އިސްކުރުތަކުން ފެނަށް އެދޭ ފަރާތްތަކަށް އޮޅުވެލިފުށި ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ފެން ދޫކުރުން.
  5. އޮޅުވެލިފުށީގެ ފަޅުތެރެ ބޭނުންކުރުމުގެ އުސޫލާއި އެއްގޮތަށް ދަތުރުވެރިން ޢަމަލުކުރޭތޯ ބެލުމާއި އަދި އެ އުޞޫލާ ޚިލާފުވާ ފަރާތްތައް ކައުންސިލްގެ އިދާރާއަށް ރިޕޯޓް ކުރުން.
  6. ރަށުގެ މަގުތަކާއި ގޯޅިތައް ކޮނުމަށް ހުއްދަ ދޭ ފަރާތްތަކުން ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދޭތޯ ބަލާ ޗެކުކުރުން
  7. ކައުންސިލް ޝާމިލްވާގޮތަށް ރަށުގައި ހިންގާ ޕްރޮޖެކްޓަތައް ކުރިޔަށް ދާއިރު އެ މަސައްކަތް ހިނގާ ނުހިގާގޮތް ބަލާ ކައުންސިލަށް ރިޕޯޓް ކުރުން
  8. ރަށުގެ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ހުރިތޯ ބަލާ އެތަކެތި ނެގުމުގައި އެހީތެރިވެދިނުން
  9. ރަށުގެ މަގުތަކަށް ދޫކޮށްލާފާއިވާ ގޭތަކުގެ ފުރާޅުގެ ދިޔަދޮވިތައް ހުރިތޯބަލާ އެތަކެތި ނެގުމުގައި އެހީތެރިކަން ދިނުން

10. ރަށުގެ އިޖުތިމާޢީ ސަރަހައްދުގެގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ކުނިކަހާ މީހުންގެ މަސައްކަތް ބަލާ އިޞްލާހު ކުރަންޖެހޭ ނަމަ ކައުންސިލަށް ރިޕޯޓްކުރުން

11. ރަށުގެ މަގުތަކާއި ބަނަދަރުގައި  ކުނި ނުކަހާ ހުރިތަންތަން ބަލާ ކައުންސިލަށް ރިޕޯޓުކުރުން

12. ސާފުނުކުރާ ފަޅުގޯތިތައް ބަލާ ކައުންސިލަށް ރިޕޯރޓްކުރުން

13. ރަށުގެ ބަނދަރަށާއި ފަޅުތެރެއަށް ކުނިއަޅާ މީހުން ހުއްޓުވައި އެފަރާތްތަކުގެ މައްސަލަ ކައުންސިލަށް ރިޕޯޓްކުރުން

14. ގަވާއިދާ ހިލާފަށް ރަށުތެރޭގައި ހިނގާކަންކަން ބަލާ ކައުންސިލަށް ރިޕޯޓުކުރުން

15. އިޖުތިމާއީ ފެންރައްކާކުރާ މައުކަޒު ބެލެހެއްޓުން

16. ޤައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް ރަށުތެރެ ސާފުކުރާ ހަރަކާތުގައި ބައިވެރިވުން

17. މަސައްކަތު ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

 

މަޤާމުގެ ޝަރުޠުތައް:

  • (ހ) މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން
  • (ށ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފުރިހަމަ ސިއްޙަތެއްގައި ހުރި ފަރާތަކަށްވުން
  • (ނ) ދިވެހި އަދި އިނގިރޭސި ލިޔަން ކިޔަން އެނގުން

 

މަޤާމުގެ ޝަރުޠުތައް:

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • މުނިސިޕަލް މަސައްކަތްތައް

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު  ( މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައި ވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް؛-

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

 

 

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

25

10

15

 

 

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

 

 

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

15

15

 

 

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

70

70

 

ޖުމްލަ

185

100

100

 

 

 

 

 

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ފެބުރުވަރީ 2022 ވާ ބުރާސްފަތި  ދުވަހުގެ ގެ (14.00) ގެ ކުރިން، ޅ.އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  06  ފެބުރުއަރީ 2022 އާއި 17 ފެބްރުއަރީ 2022 އާ ދެމެދު، ޅ.އޮޅުވެލިފުށީ ކައުންސިލްގެ އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

ވޭޖް ޕޫލަށް ރަޖިސްޓްރީ ވުން

މަގާމަށް ހޮވޭ ފަރާތުގެ އިތުރަށް އެންމެމަތިން މާރކްސް ލިބޭ 2 ފަރާތް ވޭޖްޕޫލްގައި ރެޖިސްޓަރ ވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620075 އަށެވެ.

 

 

 

25 ޖަނަވަރީ 2022
ހޯދާ