މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިންޖިނިއަރ (ފެނާއި ނަރުދަމާ) / އޮފިޑް ޕީ.އެމް.ޔޫ

އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ޕްރޮޖެކްޓް 

އިންޖިނިއަރ (ފެނާއި ނަރުދަމާ)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު

މިމިނިސްޓްރީގެ ނަންބަރ (IUL)471-CDS5/1/2021/197  (26 އޮކްޓޯބަރ 2021) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އެ މަޤާމަށް އިޢުލާން ކުރީމެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ (އެމް.އެން.ޕީ.އެޗް.އައި.) އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ޕްރޮޖެކްޓްގެ މަސައްކަތްތައް އިމްޕްލިމެންޓްކޮށް ބެލެހެއްޓުމަށް އިންޖިނިއަރ އެއް  ހޯދުމަށް ބޭނުންވެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 7 ފެބްރުވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ޖެހުމުގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

މި މަޝްރޫޢުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް  www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.

[email protected]

25 ޖަނަވަރީ 2022
ހޯދާ