ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔުމުގެ ބިރު ހީވެފައިވާތީ އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ރަށުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔުމުގެ ބިރު ހީވެފައިވާތީ އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

  • ރޯގާގެ އަލާމަތެއް ހުރިނަމަ ޒަރޫރީބޭނުމަކަށް ފިޔަވައި އިތުރު ކަންކަމަށް ގެއިން ބޭރުގައި ނޫޅުން.
  • ގެއިންބޭރުގައި އުޅުއްވާ ހުރިހާ ވަގުތެއްގައި މާސްކު އަޅުއްވައިގެން އުޅުން.
  • ފިހާރަ، މިސްކިތް އަދި އާމުޚިދުމަތްދޭ ތަންތަނަށް މާސްކްނާޅާ ނުދިއުން.
  • މީހުން އެއްވެއުޅޭ ތަންތާންގައި އެޗް.ޕީ.އޭ ގެ ގައިޑުލައިންނާއި އެއްގޮތައް އަމަލުކުރުން.     ( މާސްކް އެޅުން، 3 ފޫޓު ދުރުމިން ބެހެއްޓުން)
  • ޚިދުމަތްދެއްވާ މުވައްސަސާތަކުގައި ތިއްބަވާ އެންމެހާ މުވައްޒަފުން މާސްކު އަޅުއްވައިގެން ތިއްބެވުން.
  • މިހާލަތުން އަރައިގަތުމަށް ތިޔައެންމެހާ ފަރާތްތަކުގެ އެއްބާރުލުން  ނިހާޔަތައް ބޭނުންވެފައި ވާކަން ދަންނަވަމެވެ. މިކަމަކީ އެންމެހާ ރައްޔިތުންގެ ސަލާމަތަށްޓަކާ ނިންމާފައިވާ ނިންމުނެކެވެ.

ވީމާ މިކަންކަން އެންމެހާ ފަރާތްތަކަށް އާމުކޮން އަންގާ އިޢުލާންކުރަމެވެ.

25 ޖަނަވަރީ 2022
ހޯދާ