ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުން ބޭރުގައި އުޅެފައި ރަށަށް އަންނަ ފަރާތްތަކުން ރަށަށް އެރުމުގެ ކުރިން އެފަރާތެއް ރަށަށް އަންނަކަން އެންގުމާއިބެހޭ

ރަށުން ބޭރުގައި އުޅެފައި ރަށަށް އަންނަ ފަރާތްތަކުން ރަށަށް އެރުމުގެ ކުރިން އެފަރާތެއް ރަށަށް އަންނަކަން އެންގުމާއިބެހޭ

ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއަށް މިރަށުން ބަޔަކު ފައްސިވުމާއި އަދި ރަށް މޮނިޓަރިންގ އަށް ލުމާއި ގުޅިގެން، ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްޙީ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި، ރަށުން ބޭރުގައި އުޅެފައި ރަށަށް އަންނަ ފަރާތްތަކުން ރަށަށް އެރުމުގެ ކުރިން އެފަރާތެއް ރަށަށް އަންނަކަން، ފޯނުން ގުޅުއްވައި އަންގަވައިދެއްވުން އެދެމެވެ. އަދި މިރަށުގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުންވެސް، ރަށަށް އަންނަ ފަރާތްތަކުގެ މަޢުލޫމާތު ފޯނުން ގުޅުއްވައި އަންގަވައިދެއްވުން އެދެމެވެ.

ކައުންސިލުން އެންގޭ މިފަދަ އެންގުންތަކަކީ ރަށުފެންވަރުގައި ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށް ކުރެވޭ މަސައްކަތަކަށް ވާތީ، މިއަދުން (24 ޖަނަވަރީ 2022) ފެށިގެން ރަށުން ބޭރުގައި (ރާއްޖެއިން ބޭރުގައި، އެކި ރިސޯޓްތަކާއި، މާލެ އަދި އަތޮޅުތެރޭ ރަށްތަކުގައި) އުޅުމަށްފަހު ރަށަށް ވަޑައިގަންނަވާ ފަރާތްތަކުން ރަށަށް އައުމުގެ ކުރިން ލަސްވެގެން 1 ގަޑިއިރުތެރޭގައި ކައުންސިލަރ، މުޙައްމަދު ޝިރާޢު ޒާހިރު ގެ މޮބައިލް ނަމްބަރު: 7332200 އަށް ފޯނުން ގުޅުއްވައި މަޢުލޫމާތު ދެއްވުމުން، ދެއްވާ އިރުޝާދުގެ މަތިން އެފަރާތްތަކުގެ ޢަމަލުބެހެއްޓުމަށްވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

24 ޖަނަވަރީ 2022
ހޯދާ