ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ކައުންސިލް އެސިސްޓެންޓް

މަޤާމް:

-

މަޤާމުގެ ނަންބަރު:

5 (ފަހެއް)

ބޭނުންވާ އަދަދު:

ވަގުތީ (6 މަސްދުވަހުގެ މުއްދަތަށް)

މަޤާމުގެ ގިންތި:

-

މަޤާމުގެ ރޭންކް:

މަޤާމުގެ ކްލެސިފިކޭޝަން:

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

3100.00 ރުފިޔާ

މުސާރަ:

1000.00 ރުފިޔާ

ސަރވިސް އެލެވަންސް:

  1. ޙާޒިރީ އެލަވަންސަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/40ރ (ސާޅީސްރުފިޔާ)
  1. ރަމަޟާން އެލަވަންސް -/3000ރ (ތިންހާސްރުފިޔާ)

 

އެހެނިހެން އެލަވަންސް:

  1. ކައުންސިލުން އަންގާގޮތެއްގެމަތިން ފުޓްބޯޅަދަނޑު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ކުޅިވަރުކުޅޭ ތަންތަނުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. މިގޮތުން؛

(ހ) ކޮންމެދުވަހަކު 1 ފަހަރު ފުޓްބޯޅަދަނޑުގެ ވިނަގަނޑަށް ފެން ދިނުން.

(ށ) ފުޓްބޯޅަދަނޑުގެ އަޑިކޮށް ހުންނަ ތަންތަނަށް ވެލިއެޅުން.

(ނ) ފުޓްބޯޅަ ދަނޑާއި، ފުޓްސަލް ދަނޑު އަދި ކުޑަކުދިންގެ ޕާކް ވިނަކޮށައި ކޮށާ ވިނަތައް ކައުންސިލުން ދައްކާތަނަކަށް އުކާލުން.

(ރ) ފުޓްބޯޅަ ދަނޑުގައި ފަޅާ އެހެނިހެން ބާވަތްތަކުގެ ވިނަ ނޮޅުމާއި، ދަނޑުތެރެއަށް އެޅޭ ކުނިބުނި ނަގައި ސާފުކުރުން.

(ބ) ފުޓްބޯޅަ ދަނޑުގެ ވިނަގަނޑުތެރެއަށް ގަސްކާނާ އަޅަންޖެހިއްޖެނަމަ ގަސްކާނާ އެޅުން.

(ޅ) ފުޓްބޯޅަ ދަނޑުގައި ބަރުދުއްވަންޖެހިއްޖެނަމަ އެމަސައްކަތްކުރުން.

(ކ) ވިނަކޮށާ މެޝިން ސާފުކޮށް ބެލެހެއްޓުމާއި، ފެން މޯޓަރާއި ފެން ވައިރިންގއަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމާއި، މަސައްކަތުގައި ބޭނުންކުރާ އެންމެހައި ތަކެތި ސާފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

(އ) ފެން ނެގުމަށް ބޭނުންކުރާ ވަޅު ސާފުކޮށް ބެލެހެއްޓުން.

(ވ) ފުޓްސަލް ދަނޑާއި ވޮލީ ކޯޓް އަދި ބަށިކޯޓް ކުރަންޖެހޭ ކުދި މަރާމާތުތައް ކައުންސިލުން އަންގާގޮތެއްގެ މަތިން ކުރުން.

(މ) ކައުންސިލުން އަންގާގޮތެއްގެމަތިން މަސައްކަތުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް.

(ފ) ކައުންސިލުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ).

(ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

ލިޔަންކިޔަން އެނގޭކަމުގެ ލިޔުމެއް ހުށަހަޅާފައިނުވާނަމަ އެފަދަ މީހުންނަށް ލިޔަންކިޔަން އެނގޭތޯ ބެލުމަށްޓަކައި މިއިދާރާގެ ފަރާތުން އިމްތިހާނެއް ދެވޭނެއެވެ.

މަޤާމުގެ ޝަރުޠުތައް:

 

 

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ (ލީވިންގ ސެޓްފިކެޓް އޮތްނަމަ)
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ތަޢުލީމާއި ތަމްރީން (ލިބިފައިވާ ތަޢުލީމް، މަގާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން)
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާ
  3. ލިބިފައިވާ ހުނަރު (އިންޓަވިއު)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

ވަޒީފާއަށް އެދޭ ފޯމު ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ފެބްރުއަރީ 2022 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  06 ފެބްރުއަރީ 2022  އާއި 13 ފެބްރުއަރީ 2022 އާ ދެމެދު، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާގައެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

70%

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިއިދާރާގެ 6520047 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6520047 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

24 ޖަނަވަރީ 2022
ހޯދާ