މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކަމަދޫ ކައުންސިލް ބެލުމުގެ ދަށުގައިވާ "ރަށްވެހިގެ" ހިންގުމާއި ބޭނުންކުރުމުގެ އުޞޫލު

                               ނަންބަރ: 314-SS/CIR/2022/2 

ބ ކަމަދޫ ކައުންސިލް ބެލުމުގެ ދަށުގައިވާ

"ރަށްވެހިގެ" ހިންގުމާއި ބޭނުންކުރުމުގެ އުޞޫލު

 

12 ޖަނަވަރީ 2022

 

1- ތަޢާރަފް          

ބ. އަތޮޅުކައުންސިލްގެ ބަޖެޓުންނާއި ބ.އަތޮޅު ބަޔޮސްފިޔާ ރިޒާވް ފަންޑުން ޚަރަދުކޮއްގެން ބ.ކަމަދޫގައި އިމާރާތްކޮއް  ބ. ކަމަދޫ ކައުންސިލާއި ހަވާލްކޮއްފައިވާ 2 (ދޭއް) ރޫމް އެޕާޓްމަންޓެކެވެ. ކަމަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ވަނީ އެ އެޕާޓްމަންޓަށް "ރަށްވެހިގެ" ނަމުން ނަންދެވިފައެވެ. މީގެ ފަހުން ކުރީގެ ބައު އިންޖީނުގޭގައި އިމާރާތްކޮށްފައިވާ 02 ކޮޓަރި އެޕާޓްމަންޓަށް ކިޔާނީ "ރަށްވެހިގެ" އެވެ. މިއުޞޫލު ފާސްކުރެވިފައި އެވަނީ ކަމަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 33 ވަނަ ޢާއްމު ޖަލްސާ އެޖެންޑާރ ނަންބަރ 04، 12 ޖަނަވަރީ 2022 ވީ ބުދަ ދުވަހުއެވެ. މިއުޞޫލަށް އަމަލު ކުރަން ފަށާނީ މިޢުޞޫލު އާންމު ކުރެވޭދުވަހުން ފެށިގެންނެވެ.

 

2- ރަށްވެހިގެ ޢިމާރާތާއި ވަޞީލަތްތައް

ބ. އަތޮޅު ކަމަދޫގައި ބިނާކޮށްފައިވާ ރަށްވެހިގެ (އިންވެންޓްރީގައި ހިމެނޭ ތަކެއްޗާއެކު) ރަށްވެހިގެ  ޢިމާރާތަކީ (ކަމަދޫ ކައުންސިލްގެ) ބައެއްގެ ގޮތުގައި ހިމެނޭތަންތަނެވެ.

ހ.  ކައުންސިލަށް އާމްދަނީ ލިބޭގޮތަށް ބިނާކޮށްފައިވާ ޢިމާރާތް

ށ. ކައުންސިލްގެ ބޭނުންތަކަށާއި އާމްދަނީ ލިބޭގޮތަށް ބޭނުންކުރުމަށް އިމާރާތްކޮށްފައިވާ އިމާރާތާއި ފަރުނީޗަރާއި ހިފާގެންގުޅޭ އެންމެހާތަކެތި

 

3- ރަށްވެހިގެ ކައުންސިލުން ބެލެހެއްޓުން

ރަށްވެހިގެ ޢިމާރާތާއި ވަސީލަތްތައް ބޭނުންކުރުމުގައި ކައުންސިލުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލަރުންނާއި ދައުލަތުގެ އޮފިޝަލުން ރަސްމީ ބޭނުންތަކަށް ކުރާ ޒިޔާރަތްތަކުގައި އެފަރާތްތަކުގެ ހުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމާއި ކައުންސިލުން ކަނޑައަޅާ އެހެނިހެން ފަރާތްތައް ތިބުމަށް އަތޮޅު ކައުންސިލާއި ބަޔޮސްފިޔާރިޒާވް ފަންޑުގެ އެހީއާއި  އެކު ބިނާކޮށް ކަމަދޫ ކައުންސިލާއި ހަވާލްކޮއްފައިވާ ތަނެކެވެ.

ރަށްވެހިގެ ކައުންސިލް ހިންގުމުގެ ޢިމާރާތާއި ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ތަންތަންކަމަށް ވުމާއެކު، ރަށު ކައުންސިލް ހިންގުމަށް ފަހިކުރެވޭ ވަސީލަތެއްގޮތުގައާއި އާމްދަނީ ލިބޭގޮތަށް، ސްޓޭޓް ހައުސްގެ ގޮތުގައި އެތަން ހިންގާ ބެލެހެއްޓުން ކައުންސިލްގެ ޒިންމާއެކެވެ.

 

4- ރަށްވެހިގެ ޚިދުމަތް ލިބިގަނެވޭ ފަރާތްތައް

ރަށްވެހިގެ ޚިދުމަތްތައް ލިބިގަނެވޭނީ އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްގެ ރަސްމީ ބޭނުންތަކަށާ ދައުލަތުގެ ރަސްމީ ފަރާތްތަކުގެ ބޭނުންތަކަށެވެ. އަދި އެފަރާތްތަކުން އެބޭނުންވާ ހިދުމަތަށް ދަތިނުވާ ގޮތުގެ މަތިން ޚިދުމަތަށް އެދޭ އެހެން ފަރާތްތަކަށް ވިޔަފާރި އުސޫލުން ހިދުމަތް ދެވިދާނެއެވެ.

 

5- ރަސްމީ ފަރާތްތައް

ތިރީގައިވާ ފަރާތްތަކުން ރަށްވެހިގެ ޚިދުމަތަށް ރަސްމީ ބޭނުމުގައި އެދެފިނަމަ އެ ޚިދުމަތެއް އެފަރާތްތަކަށް ކައުންސިލުން އިންތިޒާމްކޮށްދޭނެއެވެ.

  1. ރައީސުލްޖުމުހޫރިއްޔާ އާއި ރައީސުލްޖުމުހޫރިއްޔާގެ ނައިބާއި ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުން
  2. ރައީސުލްޖުމުހޫރިއްޔާކަން ކުރައްވާފައި ތިއްބެވި ބޭފުޅުން
  3. އުއްތަމަ ފަޑިޔާރާއި ސްޕްރީމް ކޯޓާއި ހައިކޯޓާއި ދަށުކޯޓުތަކުގެ ފަޑިޔާރުން
  4. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރުން
  5. ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވެރިން
  6. މިނިވަން އަދި ޤައުމީ މުއައްސަސާތަކުގެ ވެރިން
  7. ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުން
  8. ދައުލަތުގެ ޢިއްޒަތްތެރިން
  9. ސަރުކާރުގެ ކުންފުނިތަކުގެ ވެރިން
  10. ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ހަރަކާތްތަކުގައި ޒިޔާރަތްކުރާ މުވައްޒަފުން ( ކަނޑައަޅާ ޢުސޫލުން)
  11. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިސް ބޭފުޅުންނާއި ފުލުހުންގެ އިދާރާގެ ބޭފުޅުން
  12. ރަސްމީ ބޭނުންތަކުގައި ޒިޔާރަތްކުރައްވާ ޖަމްއިއްޔާ، ޖަމާއަތްތަކުގެ ބޭފުޅުން
  13. އަތޮޅު ކައުންސިލްގެ ރައީސް ، ނައިބު ރައީސް އަދި މެމްބަރުން
  14. ރައްރަށުގެ ސަރުކާރު އިދާރާ އަދި ސަރުކާރު ކުންފުނި ތަކުގެ ބޭފުޅުން

 

6- އެހެނިހެން ފަރާތްތައް

ރަސްމީ ފަރާތްތަކުން އެދޭ އިންތިޒާމްތަކަށް ދަތިނުވާގޮތުގެ މަތިން ކައުންސިލަށް އިޤްތިޞާދީ ނަފާހޯދުމުގެ ގޮތުން ޚިދުމަތް އެހެން ފަރާތްތަކަށް ދެވޭނެ އިންތިޒާމް ކައުންސިލްގެ ރައީސް ހަމަޖައްސަންވާނެއެވެ.

 

7- ރަށްވެހިގޭގައި ދިރިއުޅުން

ހ. ދާއިމީ ސިފައެއްގައި ރަށްވެހިގޭގައި ދިރިއެއް ނޫޅެވޭނެއެވެ.

ށ.  ރަށްވެހިގެ ކުއްޔަށް ހިފައިގެން ދިރިއުޅޭ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ ޤާނޫނާއި، ޤަވާއިދުތަކާއި ޚިލާފު އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެއެވެ. އަދި އެފަދަ އަމަލެއް ހިންގައިފިނަމަ ދިވެހިރާއްޖޭގެ ޤަނޫނާއި ޤަވަޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

 

8- ރަށްވެހިގެ ހިންގުން

ރަށްވެހިގެ ހިންގާނީ ކައުންސިލަށް ދައުލަތުން ދެއްވާ ޖެނެރަލް ގްރާންޓުގެ ތެރެއިން ކައުންސިލުން އެކަމަށް ކަނޑައަޅާ މިންވަރާއި ރަށްވެހިގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ލިބޭ އާމުދަނީ ބޭނުންކޮށްގެންނެވެ. މިގޮތުގެ މަތީން ރަށްވެހިގެ ހިންގާ ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ކައުންސިލުންނެވެ.

 

9- ރަށްވެހިގެ މުވައްޒަފުން

ރަށްވެހިގެ ފޮޅާ ސާފުކޮށް ބެލެހެއްޓުމަށާއި އަސާސީ ޚިދުމަތް ދިނުމަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ކައުންސިލުގެ މުވައްޒަފުންގެ ތެރެއިންނެވެ.

 

10- ރަށްވެހިގެ ބެލެހެއްޓުމުގެ ޚަރަދު

ރަށްވެހިގެ ބެލެހެއްޓުމަށް ހިނގާ މަރާމާތާއި ކަރަންޓާއި ޔުޓިލިޓީގެ ޚިދުމަތުގެ ޚަރަދު ހޯދާނީ ކައުންސިލުގެ ބަޖެޓުގައި ހިމަނައިގެން ކައުންސިލުގެ ހިންގުމަށް ދައުލަތުން ދެއްވާ ފައިސާ އާއި  އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުން އަގުނަގައިގެ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއިންނެވެ.

 

11- ރަށްވެހިގެ ޚިދުމަތުގެ އަގު

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސަރުކާރުގެ މިނިސްޓަރުންނާއި އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފިޔަވައި ރަށްވެހިގެ ޚިދުމަތަށް އެދޭ ކޮންމެ ފަރާތަކަށްވެސް ޚިދުމަތް ފޯރުކޮށްދެވޭނީ ޚިދުމަތަށް ކަނޑައެޅޭ އަގެއް ނެގުމަށްފަހުއެވެ. މިގޮތުން ރަސްމީ ފަރާތްތަކަށް ޚިދުމަތުގެ އަގު ނެގޭނީ ދައުލަތުގެ މާލީ އިދާރާއިން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް ޚަރަދުކުރުމަށް ހުއްދަކުރާ މިންވަރަށްވުރެ ބޮޑުނުވާނޭހެންނެވެ. ރަސްމީ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކަށް ދެވޭ ޚިދުމަތްތަކުގެ އަގު ކަނޑައަޅާނީ ކައުންސިލުންނެވެ. މިގޮތުން ކަނޑައަޅާ އަގު ކޮންމެ މީހަކަށް ވަކިން އަގު ކަނޑައެޅުމުގެ ބަދަލުގައި ކޮންމެ މާލީ އަހަރަކަށް އަގު ކަނޑައަޅާ ކައުންސިލުން އާންމުކުރާނެއެވެ. މިގޮތުން ރަށްވެހިގެ ރޫމެއްގެ ދުވަހު ކުއްޔަކީ 400 (ހަތަރުސަތޭކަ) ރުފިޔާއެވެ. ރަށްވެހިގޭގެ ރޫމް ކުއްޔައްނަގާފަރާތުން ކުއްޔައްނަގާ ވަގުތު ކީޗާޖެއްގެ ގޮތުގައި 50 ރުފިޔާ ދައްކަންވާނެއެވެ. މިގޮތުން ކީޗާޖައްނަގާ ފައިސާ ރޫމް ދޫކޮއްލާގަޑީގަ ރޫމްގެ ކީ އާއި ކުލި ކައުންސިލާއި ހަވާލްކުރާއިރު ކުލީގެތެރެއިން އުނިކުރެވޭނެއެވެ.

 

12- 2 މަސްދުވަހަށް ނުވަތަ އެއަށްވުރެ ގިނަދުވަހަށް ރަށްވެހިގެ ކުއްޔައްދިނުން.

މަސްދުވަހައް ނުވަތަ އެއަށްވުރެ ގިނަދުވަހަށްވެސް ރަށްވެހިގެ ކުއްޔައް ދޫކުރެވިދާނެއެވެ. މިގޮތަށް ދޫކުރާއިރު ކައުންސިލާއި އިމާރާތް ކުއްޔައް ނަގާފަރާތާއި ދެމެދު އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރަންވާނެއެވެ.އަދި އެ އެއްބަސްވުމުގައި ތިރީގައިމިވާ ބައިތައް ހިމަނަންވާނެއެވެ. އަދި މިގޮތަށް ކުއްޔައްދެވޭނީ ގިނަވެގެން 6 މަސްދުވަހުގެ މުއްދަތަށެވެ. ނަމަވެސް 03 މަސްދުވަހަށްވުރެ އިތުރަށް ކުއްޔަށް ނަގާފަރާތަކުން އެތަނުގައި ހުރި 02 ކޮޓަރި އެއްކޮށް ކުއްޔަށް ނަގަންވާނެއެވެ.

1- މަހުކުލީގެ ގޮތުގައި  10,000.00  (ދިހަ ހާސް) ރުފިޔާ ކައުންސިލައް ދެއްކުން (ކޮންމެ މަހެއްގެ 10 ގެ ކުރިން)

2- ކުއްޔައްހިފާ މުއްދަތު

3- ކުއްޔައްނަގާ ފަރާތުން ތަނަށާއި ތަކެއްޗައް ލިބޭގެއްލުމަށް ޒިންމާއުފުލުން.

4- ކަރަންޓް ބިލް ފެން ބިލް ކޭބަލްޓީވީ ބިލް ކުއްޔައްނަގާ ފަރާތުން ދެއްކުން.

5- ތަނުގެ ސާފްތާހިރުކަން ކަށަވަރުކުރުން.

6- ދިމާވާމައްސަލަތައް ދެފަރާތުން ގުޅިގެން ހައްލުކުރުން.

މި އުޞޫލުގެ 12 ވަނަ މާއްދާގެ 1 (އެކެއް) ވަނަ ނަންބަރުގައިވާ އަގައްވުރެ ކުޑައަގެއްގައި ރަށްވެހިގެ ކުއްޔައް ދޫކުރެވޭނީ ކައުންސިލް 4 ވަނަ ދައުރުގެ 33 ވަނަ އާއްމުބައްދަލްވުމުން ނިންމާފައިވާ ގޮތުގެ މަތިން ކައުންސިލްގެ އާންމު ޖަލްސާއަކަށް ހުށަހަޅާ ފާސްކުރުމަށް ފަހުގައެވެ.

13- މަސްދުވަހަށް ނުވަތަ އެއަށްވުރެ ގިނަދުވަހަށް ރަށްވެހިގެ 1 ރޫމް ކުއްޔައްދިނުން.

 03 މަސްދުވަހަށްވުރެ އިތުރަށް ރަށްވެހިގޭގެ 01 ރޫމް ކުއްޔަށް ދޫނުކުރެވޭނެއެވެ. 03 މަހަށްވުރެ ގިނަ ދުވަހަށް ދޫކުރެވޭނީ 02 ރޫމް އެއްކޮށް ކުއްޔަށް ނަގާ ނަމައެވެ. މިގޮތަށް ދޫކުރާއިރު ރަށްވެހިގެ ކުއްޔައް ދިނުމުގެ 13 ވަނަ މާއްދާގައި ބުނެފައިވާ ކަންކަން ފުރިހަމަ ކުރަންވާނެއެވެ. އަދި ރަށްވެހިގޭގެ އެއް ރޫމް މަހުކުއްޔައް ދޫކުރެވޭނެ އެންމެ ކުޑައަގަކީ މަހަކަށް 5000.00 (ފަސްހާސް) ރުފިޔާއެވެ. އަދި މަހުކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ (ކޮންމެ މަހެއްގެ 10 ގެ ކުރިން) ކައުންސިލަށް ދައްކަންވާނެއެވެ. އަދި ރަށްވެހިގެ ކުއްޔައްނަގާ ފަރަތުން އެހެންފަރާތަކަށް ކުއްޔައް ނުވަތަ އެހެންގޮތަކަށްވެސް ނުދެވޭނެއެވެ.

 

14- ކައުންސިލްގެ ރަސްމީ ބޭނުމަށް ބައިތިއްބާ ފަރާތްތައް ތިބުން

ކައުންސިލްގެ ރަސްމީ ބޭނުންތަކަށް ރަށްވެހިގޭގައި ތިބޭ ފަރާތްތަކަށް ކޮއްތު ހަރަދު ކުރާނީ އެފަރާތަކުން އަމިއްލައަށެވެ. އެހެނަސް ބަދިގެއާއި ހިފާގެންގުޅޭ ތަކެތި ބޭނުންކޮށް ކައްކާ ކެއުމުގައި އަދި އިމާރާތުގެ އާއްމު ވަސީލަތްތަކާ ސަރަހައްދުތައް ބޭނުންކުރެވޭނެއެވެ.

 

15- ރަށްވެހިގެ ޚިދުމަތް ތަރައްޤީކުރުން

ރަށްވެހިގެ ޚިދުމަތްތައް ތަރައްޤީކުރާނީ ކައުންސިލުންނެވެ. ރަށްވެހިގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ރަނގަޅު ބިޒްނަސް ޕްލޭނެއް ހަދައިގެން އެކަމަށް ބޭނުންވާ ފައިސާ ސަރުކާރުންނާއި ކައުންސިލުގެ އާމްދަނީން އަދި އެހީ ހޯދައިގެން ހޭދަކުރެވިދާނެއެވެ. މިގޮތުން ކުދިކުދި ޓްރެއިނިންއާއި ސެމިނަރ ކޮންފަރެންސްގެ ޚިދުމަތާއި ލޯކަލް ފަތުރުވެރިންނަށް ހުރުމާއި މެހްމާންދާރީގެ އިންތިޒާމްތައް ފޯރުކޮށްދީ ޚިދުމަތާއި އާމްދަނީ ލިބޭ ސްޓޭޓްހައުސް އެއްގެ ގޮތުގައި ރަށްވެހިގެ ބޭނުންކުރެވިދާނެއެވެ.

 

16- ރަށްވެހިގެ އާމްދަނީއާއި ހިސާބު ކިތާބު

ރަށްވެހިގެ ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް އިންތިޒާމް ކުރެވިގެން ދާނީ ވުނަ މޮޑިއުލް (އީ-ކައުންސިލްގެ ފައިނޭންޝަލް މޮޑިއުލް) ގެ ތެރެއިންނެވެ. އެންމެހައި ޚަރަދުތައް ކުރެވޭނީ މާލީ ޤަވާޢިދުތަކާއި އެއްގޮތަށެވެ. ރަށްވެހިގެ ހިންގުމަށްޓަކައި ކައުންސިލުގަ ވަކި ފަންޑެއް އުފައްދައި އެފަދަ އެހެން ފަންޑްތަކެކޭ އެއްފަދައިން ވަކި ފަންޑެއްގެ ގޮތުގައި ފަންޑުގެ ހިސާބު ކިތާބު ބަލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސޭނެއެވެ. ރަށްވެހިގޭގެ އާމްދަނީން ޚަރަދުތައް ކަނޑައި ލިބޭ ފައިދާއަކީ ކައުންސިލުގެ އާމްދަނީގެ ގޮތުގައި ހަމަޖެހިގެން ދާނެއެވެ.

 

17- ރަށްވެހިގެ ކަންކަމަށް ޒިންމާވާ އިސް މުވައްޒަފު

ރަށްވެހިގެ ހިންގުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށް ޒިންމާވާ އިސް މުވައްޒަފެއް ކައުންސިލުން ހަމަޖައްސާ، އެ މުވައްޒަފުގެ ބެލުމުގެ ދަށުން، ރަށްވެހިގެ ހިންގުމާއި ހިސާބުކިތާބު ބެލެހެއްޓުމުގެ ކަންކަން ވިލަރެސް ކުރެވިގެން ދާނެއެވެ.

 

18- ރަށްވެހިގޭގައި ލިބެން ހުންނާނެ ޚިދުމަތްތަކާއި ވަޞީލަތްތައް

އަސާސީ ޚިދުމަތާއި ފަސޭހަތައް

ރަށްވެހިގޭގައި ތިރީގައި ބަޔާންކުރާ އަސާސީ ޚިދުމަތްތަކާއި ފަސޭހަތައް ލިބެން ހުންނާނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ.

  • ކޮޓަރީގެ ޚިދުމަތް
  • ބަދިގޭގެ ޚިދުމަތް
  • ޚަބަރާއި މައުލޫމާތު ލިބިގަތުމުގެ ޚިދުމަތް

 

19- އިޚްތިޔާރީ ޚިދުމަތްތަކާއި ފަސޭހަތައް

މީގެ އިތުރުން ތިރީގައި ބަޔާންކުރާ އިޚްތިޔާރީ ޚިދުމަތްތަކާއި ފަސޭހަތައް ޤާއިމްކުރުމަކީ ކައުންސިލްގެ އުފެއްދުންތެރި އަދި އިޤްތިޞާދީގޮތުން އާމްދަނީ އިތުރުކޮށް ދައުލަތުގެ ވަޞީލަތްތައް މިހާރަށްވުރެ ބޭނުންތެރި ގޮތެއްގައި ތަރައްޤީކުރުމަށް ކައުންސިލުން ޤާއިމްކުރެވިދާނެ ޚިދުމަތްތަކަށް ވާތީ މިފަދަ ޚިދުމަތް އެތަންތަނުން ފޯރުކޮށްދިނުމަށް ތަރައްގީކުރެވޭނެއެވެ.

 

  • ލޯކަލް ފަތުރުވެރިކަމުގެ ޚިދުމަތް
  • ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތައް މަޑުކޮށްލުމުގެ ޚިދުމަތް
  • އެހެނިހެން ވަސީލަތްތަކާއި ފަސޭހަތައް

 

20- ނިންމުން ބޭނުންވާ ކަންތައް

ރަށްވެހިގެއަކީ ކައުންސިލް ހިންގުމުގެ ޢިމާރާތްތަކާއި ވަސީލަތްތަކުގެ ގޮތުގައި ވާތީއާއި އަދި މިހާރުވެސް އެތަން ބެލެހެއްޓުމުގެ ހުރިހާކަންކަމެއް ކުރަނީ ކައުންސިލުން ކަމަށްވާތީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ރޫހާއި، ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި އެއްގޮތަށް، ކައުންސިލް  ހިންގުމަށް ފަހި ވަސީލަތެއްގޮތުގައި ބޭނުންކުރުމަށާ އާމްދަނީ ލިބޭގޮތަށް ސްޓޭޓް ހައުސްގެ ގޮތުގައި ރަށްވެހިގެ ހިންގުމުގެ އެންމެހާ އިހްތިޔާރުތައް ކައުންސިލަށް އޮތުމެވެ.

21- މިޢުޞޫލްތަކާއި ޚިލާފުވުން.

މިޢުޞޫލާއި ޙިލާފަށް އަމަލުކުރާ ފަރާތްތައް އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 1000.00 ރުފިޔާއާއި 5000.00 ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކަމަދޫ ކައުންސިލަށް ލިބިގެންވެއެވެ. 

12 ޖަނަވަރީ 2022
ހޯދާ