ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް ވަޒީފާގެ ފުރުޞަތު

ހޯނޑެއްދޫ މިސްކިއްތަކުގައި އިމާމުންނާއި މުދިމުން އަހަރީ ޗުއްޓީ / ސަލާމް / އާއިލީ ޒިންމާގެ ޗުއްޓީ ތަކުގައި ތިއްބަވާ ދުވަސްތަކުގައި ހޯނޑެއްދޫ މިސްކިއްތަކުގައި އިމާމްވެ ނަމާދު ކުރުމަށް އިމާމުން / މުދިމުން (1 އެކެއް) އަހަރުދުވަހުގެ މުއްދަތަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ބޭނުންވެއްޖެއެވެ.

މަގާމް

އިމާމު،މުދިމު

ބޭނުންވާ އަދަދު

03

މަގާމުގެ ގިންތި

ވޭޖް އެމްޕްލޮއިމަންޓް

މަގާމު އޮތް އޮފީސް

މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒު( ހޯނޑެއްދޫ ކައުންސިލް އިދާރާ)

ވަޒީފާއަދާކުރަންޖެހޭ ތަން

ގދ.ހޯޑެއްދޫ މިސްކިތް ތަކުގައި

މަގާމުގެ ރޭންކް، ގުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު އަދި މަސައްކަތްކުރާ ގަޑިއިރަކަށްޖެހޭ ފައިސާގެ އަދަދު

މަގާމް

ވަޒީފާގެ ޝަރުތު

ރޭންކް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ގަޑިއަކަށް

އިމާމު

ސަނަދު އިންނަ މީހަކަށް

GS3

5 ގަޑިއިރު

61.00ރުފިޔާ

މުދިމު

ސަނަދު ނެތް މީހަކަށް

GS1

5 ގަޑިއިރު

53.00 ރުފިޔާ

 

 

 

 

 

 

 

 މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ކައުންސިލް އިދާރާއިން އަންގާ އެންގުމުގެމަތިން ހޯނޑެއްދޫގެ މިސްކިއްތަކުގައި ބަންގިގޮވުމާއި، އިމާމްވެ ނަމާދުކުރުން.
  2. ކައުންސިލް އިދާރާއިން އަންގައިފި ކޮންމެހިދެއްގައި އިމާމް ކޭތަނަމާދާއި ކަށުނަމާދު ކުރުން.
  3. މިސްލިތުގެ ސައުންޑު ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ރަށުކައުންސިލްގެ އިދާރާއަށް އެންގުން.
  4. މިންކިތު މަސައްކަތު މީހިން ހާޒިރުނުާ ވަގުތުތަކުގައި މިސްކިތުގެ ފަންކާތަކާއި ބޮކިތައް ދިއްލުމާއި ނަމާދުކޮށް ނިމިގެންދަމުން ބޮކި، ފަންކާ، އޭސީ، ހޮޅިބުރި ނިއްވައި ދޮރުފަތް ލެއްޕުން.

 

 

 

 

 

  މަގާމުގެ ޝަރުޠު:

  1. އިމާމް ކަމުގެ ސެޓްފިކެޓް ލިބިފައިވުން، ނުވަތަ؛
  2. މުދިމްކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ؛
  3. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ؛
  4. ދީނީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށްވުރެ މަތީ ސަނަދެއް ލިބިފައިވުން، ނުވަތަ؛ 

ބަންގި ގޮވައި، އިމާމުވެ ނަމާދުކުރަންއެނގޭތޯ ބެލުމަށް ދެވޭ އިމްތިޙާނަކުން ފާސްވުން. (މި ޝަރުޠު ހަމަވޭތޯ ބަލާނީ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ސަނަދެއް ލިބިފައި ނުވާ ފަރާތްތަކަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ފަޒީފާއަށް އެދޭ ފޯމ ނުވަތަ އެދިވަޑައިގަންނަވާ ސިޓީ.
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނުނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭ ފަދަ ކޮޕީއެއް.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ  އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓް ތަޖުގެ ކޮޕީ.
  6. ރާއެޖޭގެ ރަޖިސްޓްރީކޮށްގެން ހިންގާ މަތީތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރްގްރާމްތަކުގެ ކޮޕީ ނުވަތަ ކޯސްފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ހޯނޑެއްދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  31 ޖަނަވަރީ 2022 ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ގދ. ހޯނޑެއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 01 ފެބުރުއަރީ 2022 އިން 08 ފެބުރުއަރީ 2022 އާއިދެމެދު ގދ. ހޯނޑެއްދޫ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.( އިންޓަވިއުގެ ތާރިޙާއިގަޑިއަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެފަރާތް ތަކަށް މިއިދާރާގެ ފަރާތުން ކަޑައެޅޭގަޑި އަންގާނެ އެވެ.)

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840015 ނަންބަރު ފޯނާއިއެވެ. ފެކްސް ނަންބަރ 6840015 އަދި އީމެއިލް އެޑްރެހަކީ [email protected]  އެވެ.

23 ޖަނަވަރީ 2022
ހޯދާ