ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

މި އިޢުލާންވަނީ 05 ޖުލައި 2022 10:45 ގައި ބާތިލް ކުރެވިފައެވެ.


މިޔުނިވަރސިޓީގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަރޑީޒްއިން ހިންގާ ފައުންޑޭޝަން ކޯސްތަކަށް، ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއިންގެ ޕޫލެއް އުފައްދަން މި ސެންޓަރުން ބޭނުންވެއެވެ. މި ޕޫލުގެ މުއްދަތަކީ 2 ޓާމެވެ. އެއީ ޖަނަވަރީ 2022 އިން ޑިސެންބަރ 2022 ގެ ނިޔަލަށެވެ.

 

މަޤާމް:

ޕާރޓް-ޓައިމް ލެކްޗަރަރ

(އިންގްލިޝް ލެންގުއޭޖް، ދިވެހި، މެތެމެޓިކްސް، ބައޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އިކޮނޮމިކްސް، އެކައުންޓިންގ، ބިޒްނަސް ސްޓަރޑީޒް، ކޮމްޕިޔުޓިންގ އަދި ސޯޝިއަލް ސައިންސް)

ބޭނުންވާ އަދަދު

ކޮންމެ މާއްދާ އަކަށް 2-4

އުޖޫރަ:

- ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ     

- މާރކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނުކަރުދާހަކަށް -/35 ރުފިޔާ

މަސައްކަތް ކުރާނެ ތަން:

ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މާލެ

މަޤާމުގެ ޝަރުތު:

 ކިޔަވައި ދެއްވާ މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ވޭތުވެދިޔަ އަހަރު ތަކުގައި މި ސެންޓަރުގައި ކިޔަވާދެއްވާފައިވާ ފަރާތްތަކަށާއި، އަދި ސެންޓަރުން ބޭނުންވާ ގަޑިތަކުގައި ކުލާސްތައް ނަންގަވައިދެއްވޭނެ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.)

މަޤާމުގެ މައްސޫލިއްޔަތުތަށް:

- ކޯޑިނޭޓަރގެ އިރުޝާދުގެ ދަށުން ކިޔަވައި ދިނުމާއި، ކިޔަވައި ދިނުމަށް ބޭނުންވާ ޕްރެޒެންޓޭޝަން، ޓިއުޓޯރިއަލްސް، އެސެސްމަންޓްތަށް އަދި އިމްތިޙާން ކަރުދާސް ތައްޔާރުކުން.

-އެސައިންމަންޓް އަދި އިމްތިޙާން ކަރުދާސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މާރކުރުމާއި އަދި ދަރިވަރުންގެ ފައިނަލް މާރކް ޝީޓް ހެދުމަށްފަހު ކޯޑިނޭޓަރާ ހަވާލުކުރުން.

އެޕްލިކޭޝަން ތާރީޙް

27 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މި ސެންޓަރަށް ނުވަތަ މިސެންޓަރގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރެއްވުންއެދެމެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  1. ޝައުގުވެރިކަން ފާޅުކޮށް ލިޔެފައިވާ ސިޓީ ނުވަތަ އީމެއިލް
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

މަޤާމަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (އެޓެސްޓް ތައްގނޑު ޖެހިފައިވާ) ހުށަހަޅަން ޖެހޭނެއެވެ.

 

 

އިތުރު މައުޝޫމާތު

- ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަރޑީޒްގައި ވޭތުވެދިޔަ އަހަރު ތަކުގައި ކިޔަވާދެއްވި ލެކްޗަރާއިން، ކިޔަވާދިނުން ކުރިއަށް ގެންދަވަން ބޭނުންފުޅުނަމަ އަލުން ފޯމް ހުށަހެޅުމަށް ދަންނަވަމެވެ.

- މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345400 ނަންބަރު ފޯނަށެވެ.

 

 

 

20 ޖުމާދަލްއާޚިރާ 1443

23 ޖަނަވަރީ 2022
ހޯދާ