ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ ކައުންސިލްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ރައްތައް ބެލެހެއްޓުމަށް ވަގުތީގޮތުން ކުއްޔަށް ދޫކުރުން

 

ގދ. ރަތަފަންދޫ ކައުންސިލްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ރައްތައް ބެލެހެއްޓުމަށް ވަގުތީގޮތުން ކުއްޔަށް ދޫކުރުން

ގދ. ރަތަފަންދޫ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ފަސް ރަށް (މޭރަގިއްލާ، ފާހުއްޓާ ، ދެރުކުރެހާ، ދޯނިގިއްލާ އަދި ކެރެއްދުވާ ) ބެލެހެއްޓުމަށް ވަގުތީގޮތުން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

 

     ކުއްޔަށް ހިފުމަށް އަގުހުށަހަޅަންވާނީ ކޮންމެ ރަށަކަށް ވަކިވަކިންނެވެ.  ވަގުތީގޮތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 1 (އެކެއް) އަހަރުގެ މުއްދަތަކަށެވެ.

 

ދަންނަވާފައިވާ ރަށްތައް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން ރަށްތައް (ކުއްޔަށް ހިފަން ބޭނުންވާ ރަށާއި އަގު) ހިމެނޭ ގޮތަށް ލިޔެ، ބަންދުކޮށްފައިވާ ސިޓީއާއެކު 2022 ޖެނުއަރީ 31 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ކުއްޔަށްހިފަން ބޭނުންވާ ފަރާތުގެ ނަމާއި ރަށުގެ ނަން ބަންދުކޮށްފައިވާ ސިޓީ އުރައިގެ ބޭރުގައި ލިޔެވިފައި އޮންނަން ވާނެއެވެ.  މިވަގުތުގައި ކުއްޔަށް ހިފުމަށް އެދޭ ފަރާތުގެ ހާޒިރުގައި (ބަދަލުގައި ބައިވެރިވާ ފަރާތެއްނަމަ ކުއްޔަށް ހިފުމަށް ހުށަހަޅާފަރާތުގެ ސިޓީއަކާއި އެއްކޮށް) ހާޒިރުވާ ފަރާތެއްގެ ހާޒިރުގައި ސިޓީއުރަތައް ކަނޑާ އަގުތައް ހާމަކުރެވޭނެއެވެ.

13:00 އަށް ގަޑިއަށް ހާޟިރު ނުވާފަރާތްތަކުގެ ސިޓީ ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ރަށްތައް ކުއްޔަށް ހިފުމަށް އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް (ކޮންމެ ރަށެއް ވަކިން) އެއްބަސް ވުމެއްގެ ދަށުން ރަށް ކުއްޔަށް ދޫކުރެވޭނޭ ވާހަކަ ދަންނަވަމެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރު 6840016 އަދި 9984888 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

                            

                23   ޖެނުވަރީ 2022

 

23 ޖަނަވަރީ 2022
ހޯދާ