ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫގައި އުފެދޭ ކުނި ނަގާ ކުނިކޮއްޓަށް ޖަމާކޮށް ނައްތާލާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި އިޢުލާންވަނީ 25 ޖަނަވަރީ 2022 15:05 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

         

ހަނިމާދޫގައި އުފެދޭ ކުނި ނަގާ ކުނިކޮއްޓަށް ޖަމާކޮށް ނައްތާލާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

              ހަނިމާދޫގައި އުފެދޭކުނި ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ހަފްތާއަކުން 3 (ތިނެއް) ދުވަހު، ކުނިނަގާ، ކުނިކޮށްޓަށް ގެންގޮސް ނައްތާލާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

              ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2022 ފެބުރުއަރީ 03 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

              ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2022  ފެބުރުއަރީ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖުމާދަލްއާޚިރު 1443

23  ޖަނަވަރީ  2022

23 ޖަނަވަރީ 2022
ހޯދާ