ދިވެހިރާއްޖެ
ހއ. ދިއްދޫ އިޖްތިމާޢީ މަރުކަޒުގެ ފަރާތުން މިއަހަރު ފެބުރުވަރީ މަހު ދިއްދޫގައި ފުޓްބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް ބޭއްވުމަށް ހަމަޖެހިފައިވާތީ މިކޯހުގައި ބައިވެރިވެ ލެއްވުމުގެ ފުރުޞަތު މިއަތޮޅުގެ ރައްތަކަށް ވަނީހުޅުވާ ލާފައެވެ. މިކޯހުގައި ބައިވެރިވުމަށް ކޮންމެރަށަކަށްވެސް 01 ފުރުޞަތު އޮންނާނެއެވެ. ކޯސް މިއަހަރުގެ ފެބުރުއަރީ މަހު ބޭއްވުމަށް ހަމަޖެހި ފައިވީނަމަވެސް ފެށޭނެ ތާރީޚްހެއް ހަމަޖެހުނުހާ އަވަހަކަށް އަންގަވާނެކަމަށް ދިއްދޫކައުންސިލްގެ އިދާރާއިން ވިދާޅުވެފައިވެއެވެ. މިކޯހުގެ ފޯކަލްޕޮއިންޓެއްގެ ގޮތުން މަސައްކަތް ކުރައްވާނީ ހއ. ދިއްދޫ އިޖްތިމާޢީ މަރުކަޒުގެ ޔޫތު އެސޯސިއޭޓް ފަތުހުﷲ ޖަމީލް އެވެ. މައުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 9991267 އާއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ
20 ޖުމާދަލްއާޙިރާ 1443
23 ޖެނުއަރީ 2022