ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ބަލައިގަތުމާގުޅޭ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ގޮތުގައި ތަފާތު ގޮތްގޮތަށް އިބާރާތްކޮށްފައި ހުންނަ އަދި ކޯސް ފުރިހަމަކޮށްފައިވާކަން ލިޔުމުން ކަނޑައެޅިގެން އެނގެން ނުހުންނަ ލިޔުންތައް ހުށަހަޅަމުންދާކަން މި ކޮމިޝަނަށްވަނީ ފާހަގަކުރެވިފައެވެ. 

 ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ "ކޯސް ކޮމްޕްލީޝަން" ލިޔުން ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދަރިވަރުންނަށް ސަނަދުދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ހިމަނާފައިވާ ނަމައެވެ. މި ގޮތަށް ނިންމާފައިވަނީ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދަރިވަރުންނަށް ދޫކުރާ ލިޔުމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބެޗް ވެލިޑޭޓް ކުރުމަށް ފަހު ދޫކޮށްފައިވާ ލިޔުމެއްކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

ވީމާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ބަލައިގަތުމުގައި އިދާރާތާކުން މި ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

20 ޖަނަވަރީ 2022
ހޯދާ